Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

21 ފެބުރުއަރީ 2021, 03:00 އިއުލާން

ނަންބަރ : IUL)38-AD/38/2021/67)

 

އިޢުލާނު

             

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

 

     މިކޮމިޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

W-009/2021/38

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން

17,000/- ރުފިޔާ

 

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާ ބެހޭގޮތުން         އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2021  މާރޗް  01 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ  2021މާރޗް 02 ވާ އަންގާރަ ދުވަހުގެ 10:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

09 ރަޖަބު    1442

21 ފެބުރުވަރީ 2021