1 އޯގަސްޓް 2015ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ލައުންސިލްގެ ބައި-އިލެކްޝަންތައް ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މިގޮތަށް ކޮމިޝަނުން ނިންމެވީ ޤާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން ބަންޑާރަނައިބުގެ މަޝްވަރާގެ މަތިންނެވެ.
1 އޯގަސްޓް 2015ގައި ބޭއްވުމަށް ހަމަޖެހިފައިވީ 3 ކައުންސިލެއްގެ ބައި-އިލެކްޝަނެވެ. އެއީ ހދ. ދިއްދޫ ކައުންސިލް، ހދ. ނާވައިދޫ ކައުންސިލް އަދި ނ. ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަނެވެ.