ނަންބަރު: NB)BA-2015/3)
ނޫސްބަޔާން
އަދާލަތު ޕާޓީ އިސްވެއޮވެގެން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބައިވެރިވުމާއެކު، 1 މެއި 2015 ވީ ހުކުރު ދުވަހާއި އަދި ހުކުރު ދުވަހުގެ ރޭގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، މުޒާހަރާ ކުރި ފަރާތްތަކުން މާލޭގެ އަމަން އަމާންކަން ގެއްލުވާލަން މަސައްކަތްކޮށް، ޤާނޫނީ އިމުގެ ބޭރުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާތީ، އެކަން މިކޮމިޝަނުން ކުށްވެރި ކުރަމެވެ.
30 އޭޕްރިލް 2015 ވީ ބުރާސްފަތި ދުވަހު އަދާލަތު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޖުމްހޫރީ ޕާޓީއާ އެކު މިކޮމިޝަނުގައި ބޭއްވުނު ބައްދަލުވުންތަކުގައި، 1 މެއި 2015ގައި ބާއްވާ "މެއި ޑޭ"ގެ ހަރަކާތްތައް ޤާނޫނީ އިމުގެ ތެރެއިން ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެޕާޓީތަކުން ދީފައިވީ ނަމަވެސް، ވިދާޅުވެފައިވާ ގޮތާ ޚިލާފަށް ކަންކަން ކޮށްފައިވާތީ މިކޮމިޝަނުން ހިތާމަކުރަމެވެ
އިސްވެ ދެންނެވުނު ގޮތަށް މުޒާހަރާގައި ހިންގާފައިވާ ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލުތައް މިކޮމިޝަނުން މިގެންދަނީ ބަލަމުންނެވެ.
އަދި ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ޙަރަކާތްތައް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރަމެވެ.