ނޫސް ބަޔާން
2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅިގެން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައި، ފޯމު ފުރަމުންދާކަމުގެ ޝަކުވާ މިކޮމިޝަނަށް ލިބެމުންދާތީ، މިކަން، ރީ-ރަޖިސްޓަރީ ކުރަން އެދޭ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމަވެ. އަދި މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމެވެ.
އަދި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި މިކޮމިޝަނުން ކުރާ މަސައްކަތުގައި، ސިޔާސީ ޕާޓީތަކުންނާއި ދައުލަތުގެ އިދާރާތަކުން ކޮށްދެއްވާ މަސައްކަތްތައް ފާހަގަކޮށް، މިކޮމިޝަނުން މިފަދަ ކަންކަން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.
25 ޖުލައި 2018
12 ޛުލްޤަޢިދާ 1439