ނޫސް ބަޔާން
އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަމުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ބޯލަނބައި، އެ ކަންކަން އެމަގުން ހިންގުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފުރިހަމަ ތާޢީދާއި އެއްބާރުލުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. އަދި ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިޞިއްޔަތުން، ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޢަމުރަށް ބޯލަނބައި، ޢަމުރާ އެއްގޮތަށް ޢަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.
03 އޮކްޓޯބަރ 2018
23 މުޙައްރަމް 1440