ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 477 ވަނަ ޚާއްޞަ ޖަލްސާ

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު ޑރ.މުޙައްމަދު ޒާހިރު އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާ އެވެ. 

 

ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް ހުންނެވީ ސަލާމުގައެވެ.

 

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

 

  1. 2024 ޖޫން 15 ވަނަ ދުވަހަކީ، 1445 ވަނަ އަހަރުގެ ހިޖުރީ ކަލަންޑަރަށް އައި ބަދަލާއި ގުޅިގެން ޙައްޖު ދުވަސްކަމަށްވާތީ ބައި-އިލެކްޝަންތައް ބާއްވާނެ ތާރީޚެއް އަލުން ކަނޑައެޅުން.

މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު، ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަދި ލ.ގަމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ 2024 ޖޫން 15 ވަނަ ދުވަހަކީ، 1445 ވަނަ އަހަރުގެ ހިޖުރީ ކަލަންޑަރަށް އައި ބަދަލާއި ގުޅިގެން ޙައްޖު ދުވަސްކަމަށްވާތީ، ބައި-އިލެކްޝަންގެ އިންތިޒާމްތައް ތިރީގައި ދަންނަވާފައިއެވާ ގޮތުގެމަތިން ހަމަޖެއްސުމަށް އިންތިޚާބާ ގުޅިގެން ބޭއްވެވި 477 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.


· އިންތިޚާބު ބާއްވާނެ ތާރީޚާއި ގަޑި: 2024 ޖޫން 14 ވާ ހުކުރު ދުވަހުގެ 14:00 އިން 20:00 އަށް.
· 2024 ޖޫން 9 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލުން.
· 2024 ޖޫން 10 ގައި ވޯޓަރސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުޞަތު ހުޅުވާލުން.
· 2024 ޖޫން 14 ވަނަ ދުވަހަށް 18 އަހަރު ފުރޭ އެއްވެސް މީހަކު ވޯޓަރސް ލިސްޓުގައި ނެތުމާއެކު ވޯޓަރސް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެތީ ވޯޓަރސް ލިސްޓު މިހާރުވެސް އޮތްގޮތަށް ބޭއްވުން.


އިސްވެ ބުނެވުނު ކަންކަން ކުރުމުގައި ޢާންމުކޮށް ކުރަންޖެހޭ އިޢުލާންތައް މިއަދު ޢާންމު ކުރުމަށާއި، މީގެއިތުރުން މިއައި ބަދަލުގެ  މަޢުލޫމާތުތައް ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށާއި ކަމާގުޅުންހުރި ފަރާތްތަކާ ޙިއްޞާ ކުރެވުނުކަން ކަށަވަރު ކުރުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވެވި 477 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.


މި ބަދަލާއި ގުޅިގެން ޙައްޖު ދުވަހާއި ޢީދު ދުވަސް އިލެކްޝަންސް ކޮމިޝަން ބަންދުކުރެވޭނެގޮތަކަށް އިދާރީ އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވެވި 477 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
 

Date
Location
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް
Time
Number
477

ޖަލްސާއާއި ގުޅުންހުރި ލިޔުންތައް

ޖަލްސާގެ ނިންމުންތައްޖަލްސާގެ ހާޟިރީ

ޖަލްސާގެ ހާޟިރީ

ކޮމިޝަންގެ މެންބަރުން

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢިލް
  • މުޙައްމަދު އަނީލް
  • އަލްއުސްތާޛާ ޚުޒައިމާ ތައުފީޤް

އެންމެ ފަހުގެ އިތުރު ޖަލްސާތައް

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 483 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 861 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 859 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 857 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 482 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 856 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 855 ވަނަ ޢާންމު ޖަލްސާ

ޖަލްސާތައް

އިންތިޚާބާ ގުޅިގެން ބާއްވާ 481 ވަނަ ޚާއްޞަ ޖަލްސާ

ޖަލްސާތައް

ކޮމިޝަނުގެ 854 ވަނަ ޢާންމު ޖަލްސާ