ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ތިރީގައި މިދަންނަވާ ޓާސްކްފޯސް މުވައްޒަފު ވަޒީފާ އިން ވަކިކުރުމާއި ގުޅޭ.
(ހ.) އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުގެ ސީނިއަރ އޮފިސަރ (ޓާސްކްފޯސް) އަޙްމަދު ޙައްމާދަށް ދާއިމީ ވަޒީފާއެއް ލިބުމާއި ގުޅިގެން، ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އުޞޫލާ އެއްގޮތަށް، އިޖުރާޢާތުތައް ފުރިހަމަ ކުރުމަށްފަހު 2024 އެޕްރީލް 14 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
(ށ.) ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) އައިޝަން މިސްބާޙް ޔުނިވަރސިޓީ އެންޓްރެންސް އެގްޒާމަށް ތައްޔާރުވުމަށާއި، ކިޔަވަންދާންޖެހޭތީ ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް) އައިޝަން މިސްބާޙް އެދިފައިވާ ގޮތަށް އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، އިޖުރާޢާތުތައް ފުރިހަމަ ކުރުމަށްފަހު 2024 އެޕްރީލް 4އިން ފެށިގެން ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
(ނ.) ތިރީގައި ދަންނަވާފައިއެވާ މުވައްޒަފުންނަށް ދާއިމީ ވަޒީފާއެއް ލިބުމާއި ގުޅިގެން، ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، އެ މުވައްޒަފުން އެދިފައިވާގޮތަށް އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، އިޖުރާޢާތުތައް ފުރިހަމަ ކުރުމަށްފަހު ވަޒީފާއިން ވަކިކުރުމަށް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
# |
ނަން |
މަޤާމު |
ސެކްޝަން |
ވަޒީފާއިން ވަކިކުރާ ތާރީޚް |
1 |
އާޞިފާ ޢަބްދުﷲ |
ސީނިއަރ އޮފިސަރ |
ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން |
2024 އެޕްރީލް 10 |
2 |
މަލްޙާ ޙަސަން |
އޮފިސަރ |
ރެޖިސްޓްރޭޝަން ސެކްޝަން |
2024 އެޕްރީލް 11 |
2. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވްކުރެއްވުމާއި މޮނީޓަރ ކުރެއްވުމަށްޓަކައި، ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ލިއޭޒަން އޮފިސަރުން ކަނޑައެޅުން.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވްކުރެއްވުމާއި މޮނީޓަރ ކުރެއްވުމަށްޓަކައި، ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން، ލިއޭޒަން އޮފިސަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން، ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ލިއޭޒަން އޮފިސަރުންގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ ތިރީގައި މިދަންނަވާ 14 މުވައްޒަފުން، ލިއޭޒަން އޮފިސަރުންގެ ގޮތުގައި ހަމަޖައްސަވަން، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ރީ-ރަޖިސްޓަރީ ކުރެވިފައިވާ ރަށް |
ސްޓާފް އައި.ޑީ |
އައި.ޑީކާޑު ނަންބަރު |
މަޤާމު |
ފުރިހަމަ ނަން |
# |
ކ.ހުރާ |
2385 |
A072901 |
އޮފިސަރ |
އައްބާސާ އަޙްމަދު |
1 |
ކ.ހުރާ |
2589 |
A027838 |
ސީނިއަރ އޮފިސަރ |
ޢާއިޝަތު އަޙްމަދު ޝަކޫރު |
2 |
ކ.ގުޅި |
2586 |
A279126 |
ސީނިއަރ އޮފިސަރ |
ފާޠިމަތު ދީމާ |
3 |
ކ.ގުޅި |
2477 |
A332423 |
އޮފިސަރ |
މަރްޔަމް މިޝްކާ ބިން ފިރުދައުސް |
4 |
މާލެ ސިޓީ |
2615 |
A328296 |
އޮފިސަރ |
އިސްމާޢީލް ޖައިޝަމް ޙަލީމް |
5 |
މާލެ ސިޓީ |
2547 |
A293348 |
ސީނިއަރ އޮފިސަރ |
މުޙައްމަދު މިޝްއަލް ތަސްނީމް |
6 |
މާލެ ސިޓީ |
2358 |
A164816 |
ސީނިއަރ އޮފިސަރ |
ޝައްމާ ނިޒާމް |
7 |
މާލެ ސިޓީ |
2378 |
A097114 |
އޮފިސަރ |
މަރްޔަމް ޝަޒްމީން |
8 |
މާލެ ސިޓީ |
2579 |
A096549 |
ސީނިއަރ އޮފިސަރ |
ފާޠިމަތު ނިހާމާ |
9 |
މާލެ ސިޓީ |
2576 |
A124492 |
ސީނިއަރ އޮފިސަރ |
ޝިމްލާ ސުލްތާނާ |
10 |
މާލެ ސިޓީ |
2610 |
A235892 |
އޮފިސަރ |
ޢަބްދުﷲ ސާމިޙް |
11 |
މާލެ ސިޓީ |
2617 |
A338158 |
އޮފިސަރ |
މުޙައްމަދު މިޝްއަލް ޝަފީޒް |
12 |
މާލެ ސިޓީ |
2632 |
A328608 |
އޮފިސަރ |
މުޙައްމަދު ޖޫދު ޖާވިދު |
13 |
މާލެ ސިޓީ |
2585 |
A151253 |
ސީނިއަރ އޮފިސަރ |
މޫސާ އިޝާން އާދަމް |
14 |
3. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައި، ވޯޓުލުން ފަށާނެ ގަޑި އަދި ވޯޓުލުން ނިންމާނެ ގަޑިތަކާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ޤައުމުތަކުގައި، ވޯޓުލުން ފަށާނެ ގަޑި އަދި ވޯޓުލުން ނިންމާނެ ގަޑި، އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ، ތިރީގައި ދަންނަވާފައިވާ ގޮތުގެމަތީން ކަނޑައެޅުއްވުމަށް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޤައުމު |
ވޯޓުނެގުން |
|
ވޯޓުލުން ފަށާނެގަޑި(އެ ޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް) |
ވޯޓުލުން ނިންމާގަޑި(އެ ޤައުމެއްގެ ގަޑިއަށް ރިޢާޔަތްކޮށް) |
|
އިންޑިއާ (ޓްރިވެންޑްރަމް) |
8:30 |
16:30 |
ސްރީލަންކާ (ކޮލޮންބޯ) |
08:30 |
16:30 |
މެލޭޝިއާ (ކުއަލަލަމްޕޫރު) |
11:00 |
19:00 |
4. ހ.ވާލީވިލާ، ޙަސަން ޝިޔާމަށާއި، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާގޮތަށް ހ.ކްއީން، އިލްޔާސް އަޙްމަދުގެ ފަރާތުން ޤަޟިއްޔާ ނަންބަރު:2024/SC-E/03 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަށް ނިމުނުގޮތުގެ ރިޕޯޓާ ގުޅޭ.
ހ.ވާލީވިލާ، ޙަސަން ޝިޔާމް އާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާގޮތަށް، ހ.ކްއީން، އިލްޔާސް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، ޤަޟިއްޔާ ނަންބަރު:2024/SC-E/03 ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ޙިއްޞާ ކޮށްފައެވެ.
އަދި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ މެންބަރުންނާ ޙިއްސާކޮށްފައިވާތީ، ކޮމިޝަނުގެ މެންބަރުން ރިޕޯޓު ވިދާޅުވުމަށްފަހު ރިޕޯޓާމެދު ސުވާލެއް އުފެދޭ ކަމެއްވާނަމަ، އެކަމަކާމެދު ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނާ އެ ސުވާލެއް ކުރައްވާގޮތަށް ވެސް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
5. ވޯޓުކަރުދާސް އަލުން ގުނުމުގައި ޢަމަލުކުރާނެ އިޖުރާޢާތުތައް ބަޔާންކުރާ އުޞޫލު ގުޅޭ.
ވޯޓުކަރުދާސް އަލުން ގުނުމުގައި ޢަމަލުކުރާނެ އިޖުރާޢާތުތައް ބަޔާންކުރާ އުޞޫލަކީ ރަނގަޅު މަޤްޞަދެއްގައި ހެދިފައިއޮތް އުޞޫލެއް ކަމުގައިވީނަމަވެސް، މި އުޞޫލު ކޮމިޝަނަށް އައުން ލަސްވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް މިހާ ވަގުތު ކުޑަތަންވެފައިވަނިކޮށް މިފަދަ އުޞޫލެއް ޢާންމުކޮށް، އުޞޫލަށް ޢަމަލު ކުރަން ފަށައިފިނަމަ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެކަމަށްވާތީ، މި އުޞޫލު ފާސްކުރުން މަޑުޖައްސާލުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ފަހު، މި ދެންނެވުނު އުޞޫލު ފާސްކުރެއްވުމަށްޓަކައި، ފަހުން ތާވަލުކުރެވޭ ޖަލްސާއަކަށް މި އުޞޫލު ހުށަހެޅުމަށް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ދަންނަވަމެވެ. ކޮމިޝަނަށް ލިޔެކިއުމެއް ހުށަހަޅާއިރު، އެ މައްސަލައަކާ ގުޅިގެން، މީގެ ކުރީން ކޮމިޝަނުގައި މަޝްވަރާކުރައްވާފައިވާނަމަ، އެ ޖަލްސާއަކަށް ރިފަރެންސް ދިނުމާއިއެކު، މެމޯގައި ތަފްޞީލުކޮށް ބަޔާން ކުރުމަށްވެސް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
6. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވް ކުރެއްވުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް ތައްޔާރު ކުރެވިފައިވާ އަތްމަތީ ފޮތާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އޮބްޒާވް ކުރެއްވުމާއި މޮނީޓަރކުރެއްވުމަށްޓަކައި، ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަށް ތައްޔާރު ކުރެވިފައިވާ އަތްމަތީ ފޮތް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.
7. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ "އިންތިޚާބުތަކަށް ޗީފް ކޯޑިނޭޓަރ، ހެޑް ކޯޓިނޭޓަރުން އަދި ކޯޑިނޭޓަރުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި އެ ފަރާތްތައް ޢައްޔަންކުރުމުގެ އުޞޫލު" އާ ގުޅޭ.
އިންތިޚާބުތަކަށް ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަން ކުރުމުގެ އުޞޫލުގެ 2 ވަނަ މާއްދާގެ 2.2 އަށް ގެނެސްފައިވާ އިޞްލާޙާއި، މި އުޞޫލުގެ 4 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.
އަދި ހަމަ މި މާއްދާގެ ދަށުގައިވާ 2.3 ގެ (ށ) އަންނަނިވިގޮތަށް އަލުން އިޞްލާޙު ކުރުމަށްފަހު މެންބަރުން ސޮއި ކުރެއްވުމުން މި އުޞޫލު ފާސްވީކަމުގައިވެސް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން އައްޔަންކުރުން. |
2. |
2.3 (ށ) |
އިންތިޚާބުގެ މަސައްކަތްތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާއާއި ޢިލްމު އަދި ޓެކްނިކަލް ޤާބިލުކަން ހުރި ފަރާތްތައް ވީއްލައިގެން. |
8. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ހުށަހަޅުއްވާފައިވާ "އިންތިޚާބުތަކަށް ޓްރެއިނަރުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި އެ ފަރާތްތައް ޢައްޔަންކުރުމުގެ އުޞޫލު" އިޞްލާޙުކޮށް ފާސްކުރުމާގުޅޭ.
އިންތިޚާބުތަކަށް ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން ހަމަޖެއްސުމާއި، ދެވޭ އުޖޫރައާއި ޢިނާޔަތްތަކާއި، އެފަރާތްތައް އައްޔަން ކުރުމުގެ އުޞޫލުގެ 2 ވަނަ މާއްދާގެ 2.2 އަށް ގެނެސްފައިވާ އިޞްލާޙާއި، މި އުޞޫލުގެ 4 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ފާސް ކުރައްވާފައެވެ.
އަދި ހަމަ މި މާއްދާގެ ދަށުގައިވާ 2.3 ގެ (ށ) އަންނަނިވިގޮތަށް އަލުން އިޞްލާޙު ކުރުމަށްފަހު މެންބަރުން ސޮއި ކުރެއްވުމުން މި އުޞޫލު ފާސްވީކަމުގައިވެސް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޗީފް ކޯޑިނޭޓަރ، ހެޑް ކޯޑިނޭޓަރުން އަދި ކޯޑިނޭޓަރުން އައްޔަންކުރުން. |
2. |
2.3 (ށ) |
އިންތިޚާބުގެ މަސައްކަތްތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާއާއި ޢިލްމު އަދި ޓެކްނިކަލް ޤާބިލުކަން ހުރި ފަރާތްތައް ވީއްލައިގެން. |
9. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ކޯޑިނޭޓަރުން ހަމަޖެއްސުމާގުޅޭ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ކޯޑިނޭޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން އެކުލަވާލައި ހުށަހަޅާފައިވާ ފަރާތްތައް ކޯޑިނޭޓަރުންގެ ގޮތުގައި އުޞޫލާ އެއްގޮތަށް ހަމަޖެއްސުމަށާއި ލިސްޓުގައި މެންބަރުން ސޮއި ކުރެއްވުމުން ފާސްވީ ކަމުގައި ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
ނޯޓު: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ކޯޑިނޭޓަރުންގެ ލިސްޓު އެއްކަރުދާސް ކުރެވިފައި
10. ކޮމިޝަނުގެ ޖަލްސާތައް ބޭއްވުމުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އިޖުރާޢާތުތައް ފުރިހަމަ ކުރުމާގުޅޭ.
ކޮމިޝަނުގެ ޖަލްސާތައް ބޭއްވުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ ނިންމުމެއް ކޮމިޝަނުން ނިންމަވާފައިވާނެކަމަށާއި، ކޮމިޝަނުގެ ޖަލްސާތައް އެގޮތުގެމަތިން ބާއްވަމުން ގެންދިއުމަށާއި، ކޮމިޝަނުގެ ޖަލްސާއެއް ބާއްވާކަމުގައިވާނަމަ ޖަލްސާ ބާއްވަން ކަނޑައަޅާ ދުވަހުގެ ކުރީދުވަހު އެކަން ކޮމިޝަނުގެ މެންބަރުންނާ ޙިއްޞާކޮށް މެންބަރުންނަށް ޖަލްސާއަށް ހުށަހެޅިފައިވާ ކަންކަމަށް ތައްޔާރުވުމުގެ ފުރުޞަތު ދިނުމަށްފަހު ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
11. މިހިނގާ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަވެ، ކަނޑުތައް ގަދަވުމާއެކު އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް މިހާރުވެސް ހިނގަމުންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ ވަގުތު އިތުރުކުރުމާ ގުޅޭ
މިހިނގާ އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަވެ، ކަނޑުތައް ގަދަވުމާއެކު އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް މިހާރުވެސް ހިނގަމުންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ ވަގުތު އިތުރުކުރުމާ ގުޅޭގޮތުން ދުރާލާ ކޮމިޝަނުން ގޮތެއް ނިންމެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްޓަކައި، އެޖެންޑާ ކުރެއްވުމަށާއި، އަދި މަޝްވަރާތަކުގެ އަލީގައި ގޮތެއް ނިންމެވުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުއްވުމަށް ވެސް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
12. އިންތިޚާބުގެ މަސައްކަތްތަކަށް އިޤުރާރު ކޮށްފައިވާ ވޯޓުފޮށިތަކުގެ އޮފިޝަލުން، އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވުމާގުޅޭ
އިންތިޚާބުގެ މަސައްކަތްތަކަށް އިޤުރާރު ކޮށްފައިވާ ވޯޓުފޮށިތަކުގެ އޮފިޝަލުން، އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރި ނުވެވޭނެކަން އެ ފަރާތްތަކަށް އެންގުމަށާއި، އަދި ކޮމިޝަނުގެ މި އެންގުމާ އެއްގޮތަށް ޢަމަލު ނުކުރެވޭ ފަރާތެއްވާނަމަ އެކަން މި ކޮމިޝަނަށް ލިޔުމުން އެންގުމަށް ދެންނެވުމަށާއި، އަދި ކޮމިޝަނުގެ މިއެންގެވުމާ ޚިޔާފުވާ ހުރިހާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
13. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ، މި ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައި ފާސްކުރެއްވުމާ ގުޅިގެން، 2024 އެޕްރީލް 15 ވާ ހޯމަ ދުވަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އިސްތިޢުފާދެއްވާ މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭ.
ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ، މި ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމަށް ފަސްކުރެއްވުމާ ގުޅިގެން، 2024 އެޕްރީލް 15 ވާ ހޯމަ ދުވަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޙަސަން ޒަކަރިއްޔާ އިސްތިއުފާ ދެއްވައި މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީ ކޮމިޝަނުން ޤަބޫލު ކުރައްވައި، ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށް ޙަސަން ޒަކަރިއްޔާ އަށް އަންގަވާ ދުވަހުން ފެށިގެން، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޙަސަން ޒަކަރިއްޔާ ވަކި ކުރެއްވުމަށް ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅިގެން، އައު މަޤާމުގެ ހުވާކުރެއްވުމުގެ ކުރީން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޙަސަން ޒަކަރިއްޔާ ވަކި ކުރެއްވުމަށްފަހު، ޗިޓު މުވައްޒަފާ ޙަވާލުކުރެއްވުމަށާއި، އަދި ޗިޓުގެ ކޮޕީ ކޮމިޝަނާ ޙިއްޞާކުރެއްވުމަށާއި، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވުމާއިއެކު، ހުސްވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ޕްލޭނިންގ އެންޑް ރަޖިސްޓްރޭޝަން ޑިވިޜަންގެ ޑިރެކްޓަރ ޢަބްދުﷲ އުނައިސް، ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ޙަވާލުކުރުމަށް ވެސް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
މިގޮތުން، ޕްލޭނިންގ އެންޑް ރަޖިސްޓްރޭޝަން ޑިވިޜަންގެ ޑިރެކްޓަރ ޢަބްދުﷲ އުނައިސްއަކީ، ޑިރެކްޓަރެއްގެ ލެވެލްގެ މުވައްޒަފަކަށް ވާތީއާއި، މިއީ އިތުރުގަޑީ އެލްޖަބްލްވާ މަޤާމަކަށްވާތީ، މި މުވައްޒަފުގެ އިތުރުގަޑީގެ ގަޑިތަކާއި މަސައްކަތްތައް ކޮންމެ މަހެއްގައި ވެސް އެކަމަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން، ކޮމިޝަނުގެ ރައީސް އެޕްރޫވް ކުރެއްވުމަށާއި، ސެކްރެޓަރީ ޖެނެރަލް، ޙަސަން ޒަކަރިއްޔާ ހުވާ ކުރެއްވުމާ ދެމެދު މިއޮތް ވަގުތުގައި، ޑިރެކްޓަރ ޢަބްދުﷲ އުނައިސަށް މަސައްކަތްތަކުގެ ހޭންޑްއޯވަރ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް، ކޮމިޝަނުގެ 823 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.