arrow rightކޮމިޝަންގެ އިސް މުވައްޒަފުން

ޑެޕިއުޓީ ޑިރެކްޓަރ

ސީނާ ރަޝީދު

އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

· ކޮމިޝަނުގެ މަސައްކަތްތައް ކުރުމަށް ސެކްޝަންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

· ކޮމިޝަނުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، ސްޓޮކުން ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުމާއި، ކޮމިޝަނުގެ ބޭނުމަށް ހޯދާ ހަރު މުދަލުގެ އިންވެންޓްރީ ބަލަހައްޓައި ނީލަމަށް ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން.

·  ކޮމިޝަނުގެ އެކިއެކި ޙަރަކާތްތަކުގެ ލޮޖިސްޓިކްސްގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން

· ކޮމިޝަނުގެ ޢިމާރާތުގެ އިތުރުން އެކިއެކި ބޭނުންތަކަށް ކުއްޔަށް ހޯދާފައި ހުންނަ ޢިމާރާތްތަކުގެ ހުޅުވާ، ލެއްޕުން އަދި މަރާމާތުގެ މަސައްކަތާއި، ސާފުތާހިރުކަމާއި، ސެކިއުރިޓީ ބެލެހެއްޓުން.

· އިންތިޚާބުތަކާ ގުޅިގެން، ކޮމިޝަނުން ފޯރުކޮށްދޭންޖެހޭ އެންމެހައި ލޮޖިސްޓިކްސް އިންތިޒާމުތައް ހަމަޖެއްސުން.