
އެސިސްޓެންޓް ޑިރެކްޓަރ
ފާޠިމަތު ޝަބާ ބާޤިރު
ކޮމިޝަނަރސް ބިއުރޯ ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
· ކޮމިޝަނުގެ ރައީސްއާއި މެންބަރުން އަދި ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި، ދޭން ޖެހޭ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
· ކޮމިޝަނުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓު ބެލެހެއްޓުން. އަދި ކޮމިޝަނުގެ ޖަލްސާތަކުގެ ނިންމުންތައް ކަމާގުޅުންހުރި ޑިވިޜަންތަކާއި، ސެކްޝަންތަކާއި މުވައްޒަފުންނާ ޙިއްޞާކުރުން.
· އިންތިޚާބުތަކާ ގުޅިގެން، އެ އިންތިޚާބެއްގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި، އެކޮމިޓީގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓު ބެލެހެއްޓުން.
· ކޮމިޝަނުގެ ފަރާތުން ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން، ކުރަން ޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި، ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން.
· ކޮމިޝަން ހިމެނޭ ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
· ކޮމިޝަނުން ދަޢުވަތު ދީގެން އިންތިޚާބުތައް އޮބްޒާވް ކުރުމަށް ރާއްޖެއިން ބޭރުން އަނަން ފަރާތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން.
· ކޮމިޝަނުން ބާއްވާ އެކި އިންތިޚާބުތައް، އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ރާއްޖެއިން ބޭރުން އަންނަ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި ބައިނަލްއަޤްވާމީ މޮނިޓަރުން ކަންކަން ހަމަޖައްސައިދިނުން.