arrow rightކޮމިޝަންގެ އިސް މުވައްޒަފުން

ޑިރެކްޓަރ

އާއިޝަތު ޝައްފާފް

ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

· އިލެކްޝަންސް ކޮމިޝަން ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ގުޅުންހުރި ޚިދުމަތްތައް، ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ހޯދާ ބެލެހެއްޓުން.

· ކޮމިޝަނުގެ މަސައްކަތްތަތައް ހިންގުމަށް ބޭނުންވާ މަޤާމު އުފެއްދުމަށް ހުށަހަޅައި، ވަޒީފާގެ އެންމެހާ ކަންތައްތައް ހަމަޖައްސައި، މުވައްޒަފުންނާ ބެހޭ އެންމެހާ ރިކޯޑްތައް އެއްކޮށް ރަޖިސްޓްރީތައް ބެލެހެއްޓުން.

· ކޮމިޝަނުގެ އަހަރީ ބަޖެޓާއި އިންތިޚާބުގެ ބަޖެޓާ ގުޅުންހުރި އެންމެހާ ކަންތައްތައް މޮނީޓަރކޮށް، ބެލެހެއްޓުން.

· ކޮމިޝަނުން ޚަބަރު ފެތުރުމާއި ކޮމިޝަނާ ގުޅުންހުރި ޚަބަރުތަކާ ގުޅޭގޮތުން، މީޑިއާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން މޮނީޓަރކޮށް، ބެލެހެއްޓުން.

· ކޮމިޝަނުން ޢާންމުންނަށާއި، ސިޔާސީ ޕާޓީތަކަށް ދޭ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި އެ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކޮމިޝަނަށް އަންނަ ކިޔެކިޔުންތަކާއި ފޯންކޯލްތައް ލިބިގަނެ، ރިސެޕްޝަންގެ އެންމެހާ މަސައްކަތްތައް މޮނީޓަރކޮށް، ވިލަރެސްކުރުން.

· ކޮމިޝަނުގެ ފަބްލިކް ރިލޭޝަން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.