arrow rightކޮމިޝަންގެ އިސް މުވައްޒަފުން

ޑިރެކްޓަރ

މުޙައްމަދު އަނީލް

އެޑްމިނިސްޓްރޭޝަން އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

· އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ހިންގުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކާއި ޚިދުމަތްތައް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހޯދައިދިނުމާއި މިކަންކަމާ ގުޅޭގޮތުން، ކޮމިޝަނުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

· ކޮމިޝަނަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ޤާއިމުކުރުން.

· ކޮމިޝަނުގެ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް ލިޔެ ތައްޔާރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބަލެހެއްޓުން.

· އިންތިޚާބުތަކުގެ ނަތީޖާ ޕްރޮސެސް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

· ކޮމިޝަނުގެ ލިޔެކިޔުމާއި އެކިއެކި ރެކޯޑްތައް ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، މިފަދަ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ނިޒާމެއް ކަނޑައެޅުމާއި ކޮމިޝަނުގެ އައިޓީ އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 

އިންފޯމޭޝަން ސިސްޓަމްސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

· ކޮމިޝަނުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް، ލިޔެ، ތައްޔާރުކުރުން.

· ކޮމިޝަނުގެ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ރައްކާތެރިކަމާ އެކު އަޕްޑޭޓްކޮށް ބެލެހެއްޓުން.

· އިންތިޚާބުތަކާއި ގުޅިގެން ނަތީޖާ ޕްރޮސެސްކުރުމަށާއި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.

· ސޮފްޓްވެއަރގެ ދާއިރާއިން ކޮމިޝަންގެ މަސައްކަތްތައް ތަރައްޤީކުރުމަށް ދިރާސާކޮށް، އެޕްލިކޭޝަންތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.