އިލެކްޝަންސް ކޮމިޝަން

ވިޝަން މިޝަން

ތަޞައްވުރު (ވިޝަން)
އެންމެންގެ ޝާމިލުވުން ހިމެނޭ، ކަށަވެތިކަމާއި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓާ، ފުރިހަމަ އިތުބާރު ލިބިފައިވާ ނަމޫނާ މުއައްސަސާއަކަށް ވުން.
މިޝަން
އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްފައިވާ ނިޒާމުތަކާއި، ފިޔަވަޅުތަކާއި، ބެލެހެއްޓުމާއި ބަލަދުވެރިކަމުގެ ތެރެއިން ކާމިޔާބުކަމާއެކު ނަތީޖާ ނެރެދެވޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި ޑިމޮކްރެސީ އާލާކޮށް ދިރުވާ އެންމެންގެ ޝާމިލުވުން ކަށަވަރުކުރުމުގައި ބައިވެރިވުން.
މަގުދައްކައިދޭ އަސާސްތައް
  • ޒިންމާދާރުކަންކުރާ ކަންކަމުގައި ފުރިހަމަ ޒިންމާ އުފުލައި ރައްޔިތުންނަށް ޖަވާބުދާރީވުން.
  • ނަޒާހަތްތެރިކަންތެދުވެރިކަމާއި ފަންނުވެރިކަމާއެކު މަސައްކަތްކުރުން.
  • ދެފުށް ފެންނަ އުޞޫލު ހިފެހެއްޓުންއިންތިހާބީ ކަންކަމުގައި ޙިއްޞާވާ ހުރިހާ ބައިވެރިންނާއި ޢާންމު ރައްޔިތުންނާއެކު ހާމަކަމާއެކު މުއާޞަލާތުކުރުމާއި އެންމެންނަށް ވެސް ވާޞިލުވެވޭ މުއައްސަސާއަކަށްވުން.
  • ވަކިފަރާތަކަށް ނުޖެހުންނިންމާ ނިންމުންތަކުގައާއި މަސައްކަތުގައި ވަކިފަރާތަކަށް ބުރަނުވެ އިންސާފުވެރިކޮށް ކަންތައްތައް ކުރުން.
  • މުސްތަޤިއްލުކަންއެހެންފަރާތެއްގެ ނުފޫޒުން އެއްކިބައިވެ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކަންކަން ނިންމާ ޚިދުމަތްދިނުން.
  • ކަށަވެތިކަން (ކަށަވަރުކަން)ކަނޑައެޅޭ އުޞޫލުތަކެއް ހިފެހެއްޓުމާއި، ފަންނުވެރިކަމާއި ޤާބިލުކަމުގެ ތެރެއިން އިތުބާރާއި ޔަޤީންކަން ޤާއިމުކުރުން.
  • އެންމެން ޝާމިލުކުރުންރައްޔިތުން ބާރުވެރި ކުރުވާ، ހިއްސާވާ އެންމެހާ ފަރާތްތަކުގެ ފުޅާ ބައިވެރިވުން ފަހިކޮށްދިނުން.
  • އިޖާދީދިރާސާއާއި އިޖާދީ ވިސްނުމާ އެކު ކުރިއަރުވާ ތަރައްޤީކުރުމަށް ބާރުއަޅާ، ކަންކަމުގެ ރަގަޅުގޮތް އުނގެނި ދަސްކޮށްގެން ޚިދުމަތްދޭ މުއައްސަސާއަކަށްވުން.