ވިޝަން / މިޝަން
އެންމެންގެ ޝާމިލުވުން ހިމެނޭ، ކަށަވެތިކަމާއި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓާ، ފުރިހަމަ އިތުބާރު ލިބިފައިވާ ނަމޫނާ މުއައްސަސާއަކަށް ވުން.
އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްފައިވާ ނިޒާމުތަކާއި، ފިޔަވަޅުތަކާއި، ބެލެހެއްޓުމާއި ބަލަދުވެރިކަމުގެ ތެރެއިން ކާމިޔާބުކަމާއެކު ނަތީޖާ ނެރެދެވޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި ޑިމޮކްރެސީ އާލާކޮށް ދިރުވާ އެންމެންގެ ޝާމިލުވުން ކަށަވަރުކުރުމުގައި ބައިވެރިވުން.
މަގުދައްކައިދޭ އަސާސްތައް
ޒިންމާދާރުކަން
ކުރާ ކަންކަމުގައި ފުރިހަމަ ޒިންމާ އުފުލައި ރައްޔިތުންނަށް ޖަވާބުދާރީވުން.
ނަޒާހަތްތެރިކަން
ތެދުވެރިކަމާއި ފަންނުވެރިކަމާއެކު މަސައްކަތްކުރުން.
ދެފުށް ފެންނަ އުޞޫލު
ކޮމިޝަނުގެ ކަންކަމުގައި ދެފުށް ފެންނަ އުޞޫލު ހިފެހެއްޓުމާއި ބައިވެރިވުން ކަށަވަރުކުރުން.
އިންސާފުވެރިކަން
މަސައްކަތުގައި ވަކިފަރާތަކަށް ބުރަނުވެ އިންސާފުވެރިކޮށް ކަންތައްތައް ކުރުން.
މުސްތަޤިއްލުކަން
އެހެންފަރާތެއްގެ ނުފޫޒުން އެއްކިބައިވެ މިނިވަންކަމާއެކު ނިންމުންތައް ނިންމުން.
ކަށަވެތިކަން
ކަނޑައެޅޭ އުޞޫލުތަކެއް ހިފެހެއްޓުމާއި ފަންނީ ފެންވަރު ދަމަހައްޓުން.
އެންމެން ޝާމިލުކުރުން
ރައްޔިތުން ބާރުވެރި ކުރުވާ، އެންމެން ޝާމިލުވާ އިންތިޚާބީ ނިޒާމެއް ބިނާކުރުން.
އިޖާދީ ތަރައްޤީ
އިޖާދީ ދިރާސާއާއި އިޖާދީ ވިސްނުމާ އެކު ކުރިއަރުވާ ތަރައްޤީކުރުމަށް ބާރުއެޅުން.