ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދި ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލް my.elections.gov.mv (މައި ޕޯޓަލް) މެދުވެރިކޮށެވެ.
ވަކިވުމަށް އެދޭނެ ޙާލަތްތައް
- ސިޔާސީ ޕާޓީއެއްގައި ތިބުމަށް ބޭނުންނުވާނަމަ.
- ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމުގެ ހުއްދަ ނެތް މަޤާމަކަށް ވާދަކުރަން ބޭނުންވާނަމަ.
- އަމިއްލަ އެދުމެއް ނެތި ސިޔާސީ ޕާޓީއަކަށް ރަޖިސްޓަރީކޮށްފައިވާނަމަ.
- މިހާރު ހުރި ސިޔާސީ ޕާޓީއަކުން ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާން ބޭނުންވާނަމަ.
ވަކިވުމަށް އެދޭ ފޯމު ހުށަހަޅަންވާނީ ކޮމިޝަނުގެ އޮންލައިން ޕޯޓަލް، my.elections.gov.mv (މައި ޕޯޓަލް) މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1414 އަށް ގުޅުއްވުން އެދެމެވެ.