ހުރިހާ ޚަބަރެއް
އެއްބަސްވުމުގައި ސޮއިކުރުން 1 މިނެޓުގެ ކިޔުމެއް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި މި ކޮމިޝަނުން ބައިވެރިވުން

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ފޮޓޯ- އިލެކްޝަންސް ކޮމިޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ތަޢާރަފް ކޮށްފައިވާ "މުވައްޒަފުންގެ ސްކީމް" ގައި ބައިވެރިވުމަށް، މިކޮމިޝަނާއެކު ވެވޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިކޮމިޝަނުގެ މައި އިދާރާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، މިކޮމިޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް ޢަބްދުﷲ އުނައިސް އެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަކީލް އެވެ.

މިބައްދަލުވުމުގައި ޙައްޖު ކޯރޕަރޭޝަންގެ ފަރާތުން ހެޑް އޮފް ސިވިކް އެފެއަރޒް ޑރ. އިސްމާޢީލް ޔާމީން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި ކޮމިޝަނުގެ އިސް މުވައްޒަފުން ބައިވެރިވެފައިވެއެވެ