އިޢުލާންތައް
ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނަންބަރު
(IUL)38-AC/38/2026/664
ޝާއިޢުކުރި ތާރީޚު
27 އޭޕްރީލް 2026
ސުންގަޑި
02 މެއި 2026، 15:00 ގެ ކުރިން

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/650 (13 އެޕްރީލް 2026) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާނުގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު 02 މޭ 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.