އިޢުލާންތައް
ޢާންމު މަޢުލޫމާތު

ވޯޓުލާ ނިންމާ ގަޑި ބަދަލުވުން - ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026

ނަންބަރު
(IUL)38-AC/38/2026/716
ޝާއިޢުކުރި ތާރީޚު
06 ޖޫން 2026

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/650 (13 އެޕްރީލް 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ބައެއް ސަރަޙައްދުތަކުގައި ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުވެފައިވާތީއާއި، މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުން ވޯޓުލުމުގެ ވަގުތު އިތުރު ކޮށްދިނުމަށް އެދިފައިވާތީ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގެ ވޯޓުލުން ނިންމާ ގަޑި 17:00 އަށް އިތުރުކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.