އިޢުލާންތައް
ޢާންމު މަޢުލޫމާތު

ޝަކުވާ/މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026

ނަންބަރު
(IUL)38-CB./38/2026/751
ޝާއިޢުކުރި ތާރީޚު
11 އޮކްޓޫބަރު 2026

2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ/މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

އިސްވެ ދެންނެވުނު އިންތިޚާބާ ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އިން އީ-މެއިލް މެދުވެރިކޮށެވެ. މިގޮތުން ފޯމު އީމެއިލް ކުރައްވާނީ މި ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމުގައިވާ، [email protected] އަށެވެ.

ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ. ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ/މައްސަލަ ހުށަހެޅޭނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.

ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނޭ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.