އިޢުލާންތައް
ޢާންމު މަޢުލޫމާތު

ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލު - ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026

ނަންބަރު
(IUL)38-AC/38/2026/766
ޝާއިޢުކުރި ތާރީޚު
04 ނޮވެމްބަރު 2026

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2026/761 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ. 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށިތަކުގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ކޯޑު

#

މާލެ، ޖަމާލުއްދީން ސްކޫލް، ކްލާސްރޫމް 1

މި ފޮއްޓަށް ވޯޓުލާނީ ހއ.ވަށަފަރު ރައްޔިތުންގެ ތެރެއިން މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެވެ.

ހއ. ވަށަފަރު - މާލެ-1

AT.1

1

މާލެ، ޖަމާލުއްދީން ސްކޫލް، ކްލާސްރޫމް 2

މި ފޮއްޓަށް ވޯޓުލާނީ ވ. ތިނަދޫ ރައްޔިތުންގެ ތެރެއިން މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެވެ.

ވ. ތިނަދޫ - މާލެ-1

JT.1

2

މާލެ، ޖަމާލުއްދީން ސްކޫލް، ހޯލު - އުތުރު

މި ފޮއްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ހުޅުދޫ ރައްޔިތުންގެ ތެރެއިން، ހުޅުދޫ ރަތްވިލާމަގުން ފެށިގެން ބަހާއުއްދީންމަގުގެ ހުޅަނގުފަޅީގައިވާ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެވެ.

އައްޑޫ ހުޅުދޫ - މާލެ-1

ST.1

3

މާލެ، ޖަމާލުއްދީން ސްކޫލް، ހޯލު - ދެކުނު

މި ފޮއްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ހުޅުދޫ ރައްޔިތުންގެ ތެރެއިން، ހުޅުދޫ ތުނޑިޔާމަގުގެ އުތުރުގައިވާ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކެވެ.

އައްޑޫ ހުޅުދޫ - މާލެ-2

ST.2

4

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.