ނޫސްބަޔާން
ނޫސް ބަޔާން

ނޫސް ބަޔާން

ނަންބަރު
(PR)38-BC./38/2026/1
ޝާއިޢުކުރި ތާރީޚު
22 ޖަނަވަރީ 2026

ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 1-15 ވަނަ މާއްދާގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ކޮމިޝަނުން މިދަނީ ޖަވާބު ދެމުންނެވެ.

މިކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ.

މިކަންކަން މިހެން ހުރި އިރު، ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ.