ޕްރޮކިއުމެންޓް
ބީލަންހުޅުވިފައި

ސްޓޭޝަނަރީ ޕެކް، އިންޑެލިބްލް މާކަރ އަދި ސެކިއުރިޓީ އުރަ ސަޕްލައިކުރުން

ޕަބްލިޝްކުރި ތާރީޚު
18 ޑިސެމްބަރު 2025
ސުންގަޑި
05 ޖަނަވަރީ 2026، 13:30
ނަންބަރު
(IUL)38-AB/38/2025/252

ސްޓޭޝަނަރީ ޕެކް، އިންޑެލިބްލް މާކަރ އަދި ސެކިއުރިޓީ އުރަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުގެ 1 ވަނަ އެމެންޑްމެންޓް

ސްޓޭޝަނަރީ ޕެކް، އިންޑެލިބްލް މާކަރ އަދި ސެކިއުރިޓީ އުރަ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޑިސެންބަރު 2025 ވީ ބުރާސްފަތި ދުވަހު މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)38-AB/38/2025/242 އިޢުލާނާއި ގުޅިގެން އާންމުކުރި ބީލަން ކަރުދާހުގެ އެނެކްސް-1 (މަޢުލޫމާތު ކަރުދާސް)އަށް ގެނެސްފައިވާ އިތުރު ބަދަލު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން ހުރިހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން، ބީލަން ހުޅުވުން އޮންނާނީ 05 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 04 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.