ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
14:00
ޖަލްސާގެ ނަންބަރު
895
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓު 2025 އާ ގުޅިގެން، އިންތިޚާބު ބޭއްވި ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސް ދިނުމާގުޅޭ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ޢާންމު ވޯޓާއި ގުޅިގެން، އިންތިޚާބު ބޭއްވި ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށް އޮފިޝަލް އެލަވަންސް ދިނުމުގެ އުސޫލާ އެއްގޮތަށް މަސައްކަތްކޮށްފައިވާ ތިރީގައި މި ދަންނަވާ 39 މުވައްޒަފުންނަށް އެލަވަންސް ދިނުމަށް، ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ނޯޓު: އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓު 2025 އާ ގުޅިގެން، އިންތިޚާބު ބޭއްވި ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންގެ ލިސްޓު އެއްކަރުދާސްކުރެވިފައި

އަދި އިސްވެ ދެންނެވި އެލަވަންސް ދިނުމަށް ކޮންމެ ފަހަރަކު ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުމުގެ ބަދަލުގައި، އިންތިޚާބު ބޭއްވި ދުވަހު އިންތިޚާބުގެ މަސައްކަތް ކުރުމަށް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސްގެ އުޞޫލަށް ބަދަލު ގެނެސް، އެލަވަންސް ދިނުން ކޮމިޝަނުގެ ރައީސް ނުވަތަ ކޮމިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި ވެރިޔާ އަދި ސެކްރެޓަރީ ޖެނެރަލް ގޮތެއް ނިންމެވުމަށްވެސް، ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

2. ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށަހަޅާ އިޞްލާޙުތަކާގުޅޭ.

މަޝްވަރާ ކުރެވިފައިވާ ގޮތުގެމަތިން، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެންނަން ފެންނަ އިޞްލާޙުތައް ގެނައުމަށްފަހު ސިޔާސީ ޕާޓީގެ ޤާނޫނު އިޞްލާޙު ކުރުމަށްފަހު އެ ޤާނޫނު ފާސް ކުރުމަށް، ކޮމިޝަނުގެ 895 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން5

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން7

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު