ކޮމިޝަނުގެ 940 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ގެނެވޭ އިޞްލާޙުތަކާގުޅޭ
މި ކޮމިޝަނުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނާ ޙިއްޞާ ކުރުމުން، އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް 2026 އޮކްޓޫބަރު 26 ގައި، އެ ކޮމިޝަނުން މި ކޮމިޝަނަށް ފޮނުވައިފައިވާ އީމެއިލްއާ ގުޅިގެން، ކޮމިޝަނުގެ ރައީސް އަދި ޕޭ ކޮމިޝަނުގެ ރައީސާއާއެކު ކުރެވުނު މަޝްވަރާތަކަށް ބިނާކޮށް، ކޮމިޝަނުގެ 938 ވަނަ ޢާންމު ޖަލްސާގައި ފާސްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ނަންބަރު:(MEMO)BB/2026/172 މެމޯއިން، ސެކްރެޓަރީ ޖެނެރަލް ކޮމިޝަނަށް ހުށަހަޅައިފައިވާ މި ކޮމިޝަނުގެ އިދާރީ އޮނިގަނޑު، ހުށަހަޅައިފައިވާ ގޮތުގެމަތިން ފާސްކުރުމަށް، ކޮމިޝަނުގެ 940 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އިސްވެ ދެންނެވުނު ނިންމެވުމާ ގުޅިގެން، މި ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް އެންގުމުގެ ކުރިން ބަދަލުކުރުމަށް ހުށަހަޅާ ކަންކަމާ ގުޅިގެން ކޮމިޝަނުގެ ލަފައާއި މަޝްވަރާތައް ހޯދުމަށް އެ ކޮމިޝަނަށް ހަނދާންކޮށްދިނުމަށާއި، މިއަންނަ އަހަރު ދައުލަތުން ކަނޑައަޅައިފައިވާ އައު ޕޭ ފްރޭމް ވާރކަށް މި ކޮމިޝަނުގެ މުވައްޒަފުން ހިޖުރަކުރުމުގެ ކުރިން، މި އޮނިގަނޑުގައިވާ މަޤާމުތަކަށް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ކުރުމަށް، ކޮމިޝަނުގެ 940 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
އަދި ހަމައެހެންމެ، ކޮމިޝަނުގެ އިދާރީ އޮނިގަނޑު މިވަގުތަށް ފާސްކުރިކަމުގައިވީނަމަވެސް، މާލީ ވުޒާރާއިން މި އޮނިގަނޑަށް ހުއްދަ ދިނުމާއެކު، ކޮމިޝަނުގެ މުވައްޒަފުންނަށާއި މަޤާމުތަކަށް އަންނާނެ ބަދަލުތައް ފާސްކުރުމަށްޓަކައި ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 940 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.
ޖަލްސާގެ ހާޟިރީ
ކޮމިޝަނުގެ މެންބަރުން5
-
މުޙައްމަދު ޝަކީލު
-
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
-
ޙަސަން ޒަކަރިއްޔާ
-
ޢަބްދުލްޙަސީބު އިސްމާޢީލް
-
އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ
އިސް މުވައްޒަފުން2
-
ޢަބްދުﷲ އުނައިސް
-
ފާޠިމަތު ޝަބާ ބާޤިރު