ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
09:30
ޖަލްސާގެ ނަންބަރު
939
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް، ކޮމިޝަނުގެ ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ. ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ހުންނެވީ ޗުއްޓީގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ސެޕްޓެންބަރު 2026 ގެ ޚަރަދު ރިޕޯޓު ކޮމިޝަނާ ޙިއްޞާ ކުރުމާގުޅޭ

2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ޚަރަދު ރިޕޯޓު، ހުށަހަޅައިފައިވާ ގޮތުގެމަތިން ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައިވަނީ ޙިއްޞާ ކުރައްވައިފައެވެ.

2. 2026 ނޮވެންބަރު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ، ފެލިދެއަތޮޅު ތިނަދޫ އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫއަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާގުޅޭ.

2026 ނޮވެންބަރު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅައިފައިވާ ތިރީގައި މި ދަންނަވާ ފަރާތްތައް، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ، ފެލިދެއަތޮޅު ތިނަދޫ އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަމަޖެއްސުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

1. އެސޯސިއޭޓް ކައުންސިލް އޮފިސަރ ޢަބްދުﷲ ނައުޝާދު (A289417) - ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް އިދާރާ

2. ކައުންސިލް އެގްޒެކެޓިވް ޢަލީ މުޒުހިރު (A202164) – މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލް އިދާރާ

3. ސީނިއަރ ކައުންސިލް އެސިސްޓަންޓް މުޙައްމަދު ނަޢީމް (A053206) – ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ

4. އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢާއިޝަތު އަޛުހަރު (A309322) – އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލް އިދާރާ

3. ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ މަޤާމަށް މުވައްޒަފަކު ނެގުމާގުޅޭ.

ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ (ޖީއެސް 3/ ދާއިމީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)38-BB/38/2026/743 އިޢުލާނާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު، ކުރެވުނު އިންޓަރވިއުންނާއި އަދި ދެވުނު އިމްތިޙާނުގެ ނަތީޖާއަށް ބިނާކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތް ކަމުގައިވާ ގއ.ވިލިނގިލި/ހިލިވިލާގެ އިސްމާޢީލް ސަޙާބު ޝުޖާޢު، ރަޖިސްޓްރޭޝަން ސެކްޝަނުގެ އޮފިސަރ (ޖީއެސް 3/ ދާއިމީ) ގެ މަޤާމަށް ހަމަޖެއްސުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

4. 2026 ވަނަ އަހަރުގެ ދެވަނަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓާގުޅޭ.

2026 ވަނަ އަހަރުގެ ދެވަނަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓުގެ ގޮތުގައި އިންޓަރނަލް އޮޑިޓް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓު، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައިވަނީ، ކޮމިޝަނާ ޙިއްޞާ ކުރައްވައިފައެވެ.

މިގޮތުން، މީގެފަހުން، އޮޑިޓުކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާ އޮޑިޓް ރިޕޯޓުތަކުގައި، އިންޓަރނަލް އޮޑިޓަރު އިޞްލާޙުކުރުމަށް ފާހަގަކުރާ ކަންކަމާއި، އެކަންކަމާ ގުޅޭގޮތުން ގުޅުންހުރި ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަންތަކުގެ ވެރިންނާއެކު އިޞްލާޙުކުރުމަށް ހުށަހަޅައިފައިވާ ކަންކަމާއި އެކަންކަމާ ގުޅޭގޮތުން އިދާރީގޮތުން މަސައްކަތްތައް ތަރުތީބުކުރެވޭނެ ގޮތްތަކާއި އޭގެ ފީސިބިލިޓީ ރިޕޯޓުގައި ބަޔާންކުރުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ދެވަނަ ކްއަރޓަރގެ އިދާރީ އޮޑިޓް ރިޕޯޓުގައި، އިންޓަރނަލް އޮޑިޓް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ތިރީގައި މި ދަންނަވާ ކަންކަން ގުޅުންހުރި ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަންތަކުން ތަންފީޛުކުރުމަށްވެސް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވައިފައެވެ.

ތަންފީޛުކުރުމަށް ކޮމިޝަނުން ނިންމަވައިފައިވާ ކަންކަން

1. ކޮމިޝަނުގެ ނިންމުންތަކާ ގުޅިގެން، މިވަގުތާ ހަމައަށް ތަންފީޛުކުރެވިފައިވާ ނުވާކަންކަމާއި ތަންފީޛުކުރުމަށް ދަތިވާކަންކަން، ތަންފީޛުކުރެވެން ނެތް ސަބަބު ބަޔާންކޮށް އަލުން ރިވިއުކުރުމަށްޓަކައި، ގުޅުންހުރި ސެކްޝަނަކުން އެ ނިންމުމެއް، ކޮމިޝަނަށް ހުށަހެޅުން.

2. ކޮމިޝަނުން ފާސްކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅިގެން، 2027 ވަނަ އަހަރުގެ ވާރކް ޕްލޭން، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ އެލައިންކޮށް، އެގޮތުގެމަތީން މަސައްކަތްތައް ތަރުތީބުކުރާނޭ ގޮތް ކޮމިޝަނަށް ހުށަހަޅައިގެން، ފާސްކުރުން.

3. އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން، ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) ތައް އިޞްލާޙުކޮށް އަދާހަމަކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަނުން އެ އެސް.އޯ.ޕީތައް ތައްޔާރުކޮށް، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ކޮމިޝަނަށް ހުށަހެޅުން.

4. ކޮމިޝަނުގެ ނިންމުންތަކާ ގުޅިގެން، ނިންމުންތައް ތަންފީޛުކުރާނޭ މުއްދަތެއް އިދާރީގޮތުން ކޮންމެ ނިންމުމަކާ ގުޅިގެން ކަނޑައެޅުން. މިގޮތަށް ކަނޑައަޅާނީ، ސެކްރެޓަރީ ޖެނެރަލް ނުވަތަ އެކަމެއް ކުރުމަށް ކަނޑައެޅިފައިވާ އެސް.އޯ.ޕީތަކުން، ގުޅުންހުރި ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަނެއްގެ ވެރިއެއް ކަމުގައި ކަނޑައެޅުން.

5. 1414 ގެ ކޯލް ސެންޓަރާއި ކޮމިޝަނުގެ އެންޓްރީ އަދި ޑިސްޕެޗް ގެ މަސައްކަތްތައް މިހާރަށްވުރެން ހަރުދަނާގޮތެއްގެ މަތިން، މަސައްކަތްތައް ތަރުތީބުކުރުމާއި އެ މަސައްކަތްތައް މޮނީޓަރކުރުމަށްޓަކައި، ހަރުދަނާ ނިޒާމެއް ޤާއިމުކުރުން

5. ބައި-އިލެކްޝަންތަކުގެ ވޯޓުކަރުދާސް ޗެކްކުރުމަށް ޓެކްނިކަލް ކޮމިޓީ ހަމަޖެއްސުމާގުޅޭ.

ބައި-އިލެކްޝަންތަކުގެ ވޯޓުކަރުދާސް ޗާޕުކުރުމުގެ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަންތައް އިވެލުއޭޓް ކުރުމަށްޓަކައި، ޗާޕްކުރާ ތަނުގެ ސެކިއުރިޓީ ޗެކްކުރާ ކޮމިޓީ ތިރީގައި މިދަންނަވާ މުވައްޒަފުންނާއެކު އެކުލަވައިލުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

ކޮމިޓީ

1. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް.

2. އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢީލް.

3. އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާޙް ސަޢީދު

6. ރަޖިސްޓްރަރ ޔޫސަރ ގެ ގޮތުގައި އެންމެ ފަރާތަކަށް އެކްސެސް ދިނުމުގެ ސަބަބުން، މި މަސްޢޫލިއްޔަތު އަދާކުރުމުގައި ދަތިތަކެއް ދިމާވާކަމަށް ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވާތީވެ، ޕާޓީތަކުގެ އިދާރީ މަސައްކަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ މަޤްޞަދުގައި ސިމެދަ އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި، ރަޖިސްޓްރަރ ގެ ޙައިޞިއްޔަތުން ކޮންމެ ސިޔާސީ ޕާޓީއަކަށް 2 (ދޭއް) އެކްސެސް ދިނުމާގުޅޭ.

ސިމެދަ އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި، މި ކޮމިޝަނާއި ސިޔާސީ ޕާޓީތަކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިމެދަ ޕޯޓަލް ބޭނުންކުރުމަށް "ރަޖިސްޓްރަރ ޔޫސަރ" އަދި "ޑޭޓާ އެންޓްރީ ޔޫސަރ" ގެ 1 (އެކެއް) އެކްސެސް ކޮންމެ ޕާޓީއަކަށް ދީފައިވީނަމަވެސް، ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރޭޝަނާ ގުޅުންހުރި އެންމެހާ ކަންކަން ޕްރޮސެސްކުރެވެނީ ރަޖިސްޓްރަރ ޔޫސަރ އަށް އެކަނި ކަމަށްވެފައި، ރަޖިސްޓްރަރ ޔޫސަރ ގެ ގޮތުގައި އެންމެ ފަރާތަކަށް އެކްސެސް ދިނުމުގެ ސަބަބުން، މި މަސްޢޫލިއްޔަތު އަދާކުރުމުގައި ދަތިތަކެއް ދިމާވާކަމަށް ސިޔާސީ ޕާޓީތަކުން ފާހަގަކޮށްފައިވާތީވެ، ޕާޓީތަކުގެ އިދާރީ މަސައްކަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ މަޤްޞަދުގައި ސިމެދަ އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި، ރަޖިސްޓްރަރ ގެ ޙައިޞިއްޔަތުން ކޮންމެ ސިޔާސީ ޕާޓީއަކަށް 2 (ދޭއް) އެކްސެސް ދިނުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

އަދި، މި ބަދަލުތައް ސިޔާސީ ޕާޓީތަކަށް ލިޔުމުން އެންގުމަށާއި، އަދި އެޕްލިކޭޝަނަށް ގެންނާންޖެހޭ ބަދަލުތައް މިގޮތުގެމަތިން ގެނައުމަށްވެސް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

7. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ތަފާސްހިސާބު ރިޕޯޓު ފާސްކުރުމާގުޅޭ.

ނިމިދިޔަ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ތަފާސްހިސާބު ރިޕޯޓު، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުން ކޮމިޝަނަށް ހުށަހަޅައިފައިވާ ގޮތުގެމަތީން، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާއިން ވަނީ ފާސް ކުރައްވައިފައެވެ.

މި ނިންމެވުމާ ގުޅިގެން، މި ރިޕޯޓުގެ މުހިންމު މަޢުލޫމާތުތައް ހިމެނޭ ޚުލާޞާއެއް އެކުލަވައި ޢާންމުކުރާންޖެހޭ މަޢުލޫމާތު، އެގޮތުގެމަތީން ކޮމިޝަނުގެ މީސްމީޑިއާގައި ޢާންމުކުރުމަށާއި، އަދި، ކޮމިޝަން ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަޝްވަރާކުރަންޖެހޭ ކަންކަން ފާހަގަކޮށް، ކޮމިޝަނަށް ހުށަހެޅުމަށްވެސް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ނިންމަވައިފައެވެ.

8. "އާޓިފިޝަލް އިންޓެލިޖެންސް، އިލެކްޝަންސް އެންޑް ޑިމޮކްރެޓިކް ގަވާރނަންސް" އޮންލައިން ކޯހާގުޅޭ.

India’s Chairship of the Council of Member States of International IDEA ގެ ދަށުން، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިމޮކްރެސީ އެންޑް އިލެކްޝަން މެނޭޖްމެންޓް (IIIDEM) ގުޅިގެން، އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އާޓިފިޝަލް އިންޓެލިޖެންސް، އިލެކްޝަންސް އެންޑް ޑިމޮކްރެޓިކް ގަވާރނަންސް" ކޯހަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށްފައިވާ އަދި މި ކޯހަށް އެކަށީގެންވާ ވަގުތު ދިނުމަށް ޔަޤީންކަން ދީފައިވާ ތިރީގައި މިދަންނަވާ މުވައްޒަފުންނަށް އެ ފުރުޞަތު ދިނުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

"އާޓިފިޝަލް އިންޓެލިޖެންސް، އިލެކްޝަންސް އެންޑް ޑިމޮކްރެޓިކް ގަވާރނަންސް" އޮންލައިން ކޯހަށް ފުރުޞަތުދޭ މުވައްޒަފުން

1. ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛާ ސިނާޔާ ޒަކަރިއްޔާ - ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން

2. ޓްރެއިނަރ، ފާޠިމަތު ޒުހުދާ - ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން

3. ސީނިއަރ އޮފިސަރ، ޙަސަން ރަފްޙާން - ޕްރޮކިއުމަންޓް ސެކްޝަން

މީގެއިތުރުން، މި ޕްރޮގްރާމުގައި ޖުމްލަ 4 މުވައްޒަފުން ބައިވެރިކުރުމުގެ ފުރުޞަތު މިކޮމިޝަނަށް އޮތުމާއެކު، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ހުރިހާ މުވައްޒަފުންނަށް ގުޅައި، ވަގުތުދެވޭނެތޯ ނުވަތަ ނޫންތޯ (ޖަލްސާ ފެށުމާ ހަމައަށް) ކޮމިޝަނަރސް ބިއުރޯގެ ސީނިއަރ އޮފިސަރ، ރަމްޒިއްޔާ އަޙްމަދު، ފިޔަވައި އެހެން ހުރިހާ މުވައްޒަފުންގެ ކިބައިން ކަށަވަރުކޮށްފައިވާތީވެ، މި މުވައްޒަފަށްވެސް ގުޅައި، ކޯހަށް ވަގުތު ދެވޭނެކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ކޯހަށް ވަގުތުދެވޭ ކަމުގައިވާނަމަ، އެ ފުރުޞަތުވެސް ދިނުމަށް، ކޮމިޝަނުގެ 939 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވައިފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • މުޙައްމަދު ޝަކީލު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް

އިސް މުވައްޒަފުން9

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ޝަހުލާ ރުޝްދީ
  • ހިދާޔަތު މުޙައްމަދު
  • މަރްޔަމް ސުހައިލާ
  • ފާޠިމަތު ޝަބާ ބާޤިރު