އިންތިޚާބާ ގުޅިގެން ބާއްވާ 491 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.
1. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލު ފާސް ކުރެއްވުމާގުޅޭ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލަށް ގެނެވުނު ބަދަލުތަކާއެކު، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހެޅުއްވި ގޮތަށް " ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލު"، އިންތިޚާބާ ގުޅިގެން ބޭއްވި 491 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
އަދި މި އުޞޫލު ވީއެންމެ އަވަހަކަށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމަށްވެސް އިންތިޚާބާ ގުޅިގެން ބޭއްވި 491 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ނިންމަވާފައެވެ.
ޖަލްސާގެ ހާޟިރީ
ކޮމިޝަނުގެ މެންބަރުން5
-
މުޙައްމަދު ޒާހިދު
-
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
-
ޑޮކްޓަރ މުޙައްމަދު ޒާހިރު
-
ޙަސަން ޒަކަރިއްޔާ
-
ޢަބްދުލްޙަސީބު އިސްމާޢީލް
އިސް މުވައްޒަފުން7
-
ޢަބްދުﷲ އުނައިސް
-
ޝަހުލާ އިސްމާޢީލް
-
މުޙައްމަދު އަނީލް
-
އާއިޝަތު ޝައްފާފް
-
އާމިނަތު އަޒީފާ
-
އަލްއުސްތާޛާ ޢާލިޔާ ޙަނީފް
-
ފާޠިމަތު ޝަބާ ބާޤިރު