ޖަލްސާ
އިންތިޚާބާ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ

އިންތިޚާބާ ގުޅިގެން ބާއްވާ 472 ވަނަ ޚާއްޞަ ޖަލްސާ

ތާރީޚު
ގަޑި
14:00
ޖަލްސާގެ ނަންބަރު
472
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު، އަދި ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އެވެ.

ކޮމިޝަނުގެ މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ނެގުމާ ގުޅޭ.

ޤައުމީ ކޮމްޕްލެއިންޓް ބިއުރޯއަށް މެންބަރުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެ މަތިން މާރކްސް ލިބިފައިވާ ތިރީގައި ދަންނަވާފައިވާ ފަރާތްތައް ޤައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މެންބަރުންގެ މަޤާމަށް ހަމަޖެއްސުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 472 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އަރުޙަމް ޢަބްދުއްރަޙީމް، ދަފްތަރު ނަންބަރު ދރ290، މާލެ، A055654

އުޘްމާން ޝާޛު، ގަހާދަށުގެ، ޅ.ކުރެންދޫ، A392111

ޢާއިޝަތު ޒުރުޢަތު ސަލީމް، ދަފްތަރު ނަންބަރު ރސ 7080، މާލެ، A158427

2. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ (ޓާސްކްފޯސް)، މަރްޔަމް ނޫރު ތައުފީޤް ވަކިކުރުމާ ގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ، މަރްޔަމް ނޫރު ތައުފީޤް، 2024 އެޕްރީލް 2 އިން ފެށިގެން މި ކޮމިޝަނުގެ ވަޒީފާއިން ވަކިވުމަށްއެދި ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު ހުށަހަޅާފައިވާތީ، އުޞޫލާ އެއްގޮތަށް އެ މުވައްޒަފު އެދިފައިވާ ތާރީޚުގައި ވަޒީފާއިން ވަކިކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 472 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން3

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް

އިސް މުވައްޒަފުން5

  • ޙަސަން ޒަކަރިއްޔާ
  • ޝަހުލާ އިސްމާޢީލް
  • އާއިޝަތު ޝައްފާފް
  • ޢަބްދުﷲ އުނައިސް
  • ފާޠިމަތު ޝަބާ ބާޤިރު