ޖަލްސާ
އިންތިޚާބާ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ

އިންތިޚާބާ ގުޅިގެން ބާއްވާ 497 ވަނަ ޚާއްޞަ ޖަލްސާ

ތާރީޚު
ގަޑި
13:30
ޖަލްސާގެ ނަންބަރު
497
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އަދި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.

މި ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ތިރީގައި މިވަނީއެވެ.

1. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ކަރުދާހުގައި ޖެހުމަށް ބީލަން ހުށަހަޅައިފައިވާ ފަރާތްތަކުން ހުށަހަޅައިފައިވާ ސެކިއުރިޓީ ފީޗަރސް އިވެލުއޭޓްކުރުމާ ގުޅޭ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ކަރުދާހުގައި ޖެހުމަށް ބީލަން ހުށަހަޅައިފައިވާ ފަރާތްތަކުން ހުށަހަޅައިފައިވާ ސެކިއުރިޓީ ފީޗަރސް، ކޮމިޝަނުގެ މެންބަރުން އިވެލުއޭޓްކުރުމަށްފަހު، އެގޮތުގެމަތީން އިވެލުއޭޝަން ރިޕޯޓު ޓެންޑަރ ބޯޑާ މިއަދު ޙިއްޞާކުރުމަށް، އިންތިޚާބާ ގުޅިގެން ބޭއްވި 497 ވަނަ ޚާއްޞަ ޖަލްސާގައި ވަނީ ނިންމަވައިފައިއެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން5

  • މުޙައްމަދު ޒާހިދު
  • ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް
  • އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ

އިސް މުވައްޒަފުން7

  • ޢަބްދުﷲ އުނައިސް
  • ޝަހުލާ އިސްމާޢީލް
  • މުޙައްމަދު އަނީލް
  • އާއިޝަތު ޝައްފާފް
  • އާމިނަތު އަޒީފާ
  • އަލްއުސްތާޛާ ޢާލިޔާ ޙަނީފް
  • ފާޠިމަތު ޝަބާ ބާޤިރު