ޖަލްސާ
ޢާންމު ޖަލްސާ

ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާ

ތާރީޚު
ގަޑި
10:30
ޖަލްސާގެ ނަންބަރު
829
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، ކޮމިޝަނުގެ މެންބަރު މުޙައްމަދު ޢާޞިފް އަދި ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.

ކޮމިޝަން މެންބަރ ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޗުއްޓީގައެވެ.

މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.

1. އެންޓި-ޑިފެކްޝަން ޤާނޫނާ ގުޅޭ.

ޤާނޫނު ނަންބަރު:2025/5 އެންޓި-ޑިފެކްޝަން ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނަކީ، އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފަައިވާ ޤާނޫނެއްކަމުގައިވާތީއާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން މި ޤާނޫނާ ގުޅޭގޮތުން މިކޮމިޝަނުން ޢަމަލުކުރައްވަންޖެހޭ ގޮތްތަކެއް ކަނޑައަޅުއްވައި އުޞޫލުތަކެއް ޤާއިމްކުރެއްވުމަށްޓަކައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުންނާއި ކޮމިޝަނުގެ ލޯފާރމުން މި ޤާނޫނު ފުރިހަމައަށް ދިރާސާކުރެއްވުމަށްފަހު، އަދި އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވުމަށްފަހު، ފުޅާދާއިރާއެއްގައި މި ޤާނޫނަށް މަޝްވަރާކުރެއްވުމަށްޓަކައި، މި ޤާނޫނުގެ ދިރާސާއެއް ކޮމިޝަނުގެ ނުރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ދަންނަވަމެވެ. މި ޤާނޫނުގައި މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމަށްޓަކައި، އިންތިޚާބީ މަޤާމުތަކުގެ ދަފްތަރެއް އެކުލަވާލެއްވުމަށާއި، އެ ދަފްތަރުން އިންތިޚާބީ މަޤާމުތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުން، އެ މެންބަރުންގެ ޕާޓީއާ ގުޅިގެން ހުށަހެޅުއްވޭ ކަންކަން ބެލެހެއްޓެވުމާއި، މެންބަރަކު އެ މެންބަރެއްގެ ޕާޓީއާ ގުޅޭ އެއްވެސް ކަމެއް ކުރައްވައިފިނަމަ، އެކަން އެލަރޓްވާނޭ ފަދައަކުން މިހާރުވެސް ބޭނުން ކުރައްވަމުންގެންދާ ސިސްޓަމަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

2.ބައި-އިލެކްޝަނާ ގުޅިގެން ހުށަހެޅޭ ޝަކުވާ ބެލޭނެ ނިޒާމު (ޝަކުވާ ކޮމިޓީ) އާގުޅޭ.

އިންތިޚާބުތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލޭނެ ނިޒާމެއް ޤާއިމު ކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، މީގެ ފަހުން ބޭއްވޭ ހުރިހާ ބައި-އިލެކްޝަންތަކެއްގެ ޝަކުވާ ނިޒާމަކީ މި ކޮމިޝަނުގެ ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަން ކަމުގައި ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

3. ސިވިލް ކޯޓުގެ 4129/Cv-C2021 ނަންބަރު ޤަޟިއްޔާއާ ގުޅޭ.

ސިވިލް ކޯޓުގެ 4129/Cv-C2021 ނަންބަރު ޤަޟިއްޔާއާއިން ކުރައްވާފައިވާ ޙުކުމާ ގުޅޭގޮތުން، ކޮމިޝަނުން ދެން ޢަމަލުކުރާނީ ކިހިނެއްކަން ދިރާސާ ކުރައްވައި ދެން އޮންނަ ކޮމިޝަނުގެ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ދަށު ކޯޓުގެ ޙުކުމް ދެމިއޮންނާނެކަމަށްވާތީ، ދިވެހި ރައްޔިތުންގެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ކޯޓު މަރުޙަލާއިން ނެގޭނެގޮތެއް ނެތްކަމަށް ސިވިލް ކޯޓުގެ 4129/Cv-C2021 ނަންބަރު ޤަޟިއްޔާއާ އިން ޙުކުމް ކުރައްވާފައިވާތީ، ކޮމިޝަނުގެ މާލީ ބަޔާނުން ލިބެންޖެހޭ އާމްދަނީގެ ބައިން މި ފައިސާ އުނިވާން ޖެހޭނެކަމަށާއި، މިހާރުން މިހާރަށް އެ މަރުޙަލާ ފުރިހަމަކޮށްފައި ބޭއްވުމަށްވެސް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

4.ސިޔާސީ ޕާޓީތަކުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ.

ސިޔާސީ ޕާޓީތަކުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގެ ނިންމެވުމުގެ ދެވަނަ ޢިބާރާތުގައި، 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅުއްވާފައިނުވާ ޕާޓީތައް ޖޫރިމަނާ ކުރާނެ ޢަދަދެއް ކަނޑައެޅުއްވުމަށްޓަކައި އެފަދަ ޕާޓީތަކުން މީގެކުރިން ޤާނޫނާ ޚިލާފުވެފައިވަނީ ކިހާ މިންވަރަކަށްތޯ ބެއްލެވުމަށްފަހު އެކަމުގެ ކުޑަބޮޑުމިންތައް ބައްދަލަވައިދެއްވާ، ފާއިތުވި އަހަރުވެސް އަހަރީ ރިޕޯޓު ހުށަހަޅުއްވާފައިވޭތޯ ނުވަތަ ނޫންތޯ ބައްލަވައިދެއްވައި، މިކަން ތަކުރާރުކޮށް ޤާނޫނާ ޚިލާފުވެފައިވާނަމަ، އަދަބުގެ ކުޑަބޮޑުމިން ކަނޑައެޅުއްވުމަށްޓަކައި، ދެން އޮންނަ ކޮމިޝަނުގެ ޖަލްސާއަކަށް ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ހުށަހެޅެވުމަށް، ކޮމިޝަނުގެ 827 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައިވާތީ، އިސްވެ ދެންނެވުނު ނިންމެވުމުގައި ބަޔާންކޮށްފައިވާ ކަންކަން ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، ދެންއެންމެ އަވަހަށް ބޭއްވޭ ކޮމިޝަނުގެ ޢާންމު ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.

5.އެމްޕްލޯއީ ވިތްހޯލްޑިންގ ޓެކްސް ދެއްކުމާ ގުޅޭ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު:220-TFD/CIR/2023/03 ސަރކިއުލާރގައިވާ ގޮތުގެމަތިން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން 1 އޭޕްރީލް 2020 އިން ފެށިގެން މުވައްޒަފުން އުޖޫރައިން ޓެކްސް ނެގުމަށް ހަމަޖެހިފައިވާތީ، 2024 ފެބުރުވަރީ 28 އިން ފެށިގެން ކޮމިޝަނުގެ މެންބަރުންގ މުސާރައާއި ޢިނާޔަތްތަކަށް ބަދަލު އައިސްފައިވާތީ، އާމްދަނީ ޓެކްސް ނެގުމުގެ އުޞޫލުގައިވާ ގޮތުގެމަތިން، ޢާންމުކޮށްދޭ ޢުޖޫރަ 60,000/-ރ. (ފަސްދޮޅަސްހާސް) ރުފިޔާ އަށްވުރެ އިތުރުވާނަމަ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓްތަކަށް ކަނޑައެޅިފައިވާ ރޭޓްތަކަށް ޓެކްސް ފައިސާ ދައްކަންޖެހޭކަމަށްވާތީ، އާމްދަނީ ޓެކުހަށް އެލިޖިބަލްވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަޖިސްޓްކޮށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް -/50ރ. (ފަންސާސް) ރުފިޔާގެ ރޭޓުން ޖޫރިމަނާ ކުރެވެމުންދާނެކަން ބަޔާންކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ކުރައްވަންޖެހޭ ހުރިހާ ކަމެއް އިދާރީ ގޮތުން ކުރެއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

6.2024 މޭ 04 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާ ގުޅޭ.

2024 މޭ 04 ވަނަ ދުވަހު ބޭއްވެވި މ.މަޑުއްވަރީ ކައުންސިލްގެ ރައިސް ހއ.އުތީމު، ނ.ލަންދޫ. ނ.ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ.ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުގެ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް ހަމަޖެއްސުމަށް ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • 2024 މޭ 04 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ފޯކަލް ޕޮއިންޓުންގެ ލިސްޓް އެއްކަރުދާސްކުރެވިފައި

7. 4 ޖޫން 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލުގެ މެންބަރު އަދި މ.މުލަކު ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ފޯކަލްޕޮއިންޓުން ހަމަޖެއްސުމާ ގުޅޭ.

2024 ޖޫން 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދ.ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ.ގަމު ކައުންސިލްގެ މެންބަރު އަދި މ.މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ފޯކަލް ޕޮއިންޓުންގެ ގޮތުގައި ތިރީގައި ދަންނަވާފައިއެވާ ފަރާތްތައް ހަމަޖެއްސުމަށް ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

  • ބައި-އިލެކްޝަނުގެ ފޯކަލްޕޮއިންޓުންގެ ލިސްޓް އެއްކަރުދާސްކުރެވިފައި

8. އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފުންގެ ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލު އިޞްލާޙުކުރުމާ ގުޅޭ.

އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ މުވައްޒަފުންގެ "ޙާޟިރީ އެލަވަންސް ދޭނެގޮތުގެ އުޞޫލު" އާށް 3 ވަނަ އިޞްލާޙުގެ ގޮތުގައި ހުށަހަޅުއްވާފައިވާ ބަދަލުތަކާ ގުޅޭގޮތުން ކޮމިޝަނުގެ ނުރަސްމީ ޖަލްސާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ދެންމެ އެންމެ އަވަހަށް ބާއްވާ ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހެޅުއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

9. ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ ދާއިމީ އޮފިސަރގެ މަޤާމަށް މުވައްޒަފަކު ނެގުމާ ގުޅޭ.

ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް އެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މަރކްސް ލިބިފައިވާ ފަރާތްތަކުގެ މަރކްސް ތަރުތީބުން، ވަޒީފާއަށް ނެގުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، އެންމެމަތިން މާރކްސް ލިބިފައިވާ ފާޠިމަތު ނަޞްރާ އަޙްމަދު، ބްލޫރެސްޓް، އއ.މަތިވެރި، A272745، ޕްލޭނިންގ، ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ (ޖީ.އެސް 3) ގެ މަޤާމަށް ހަމަޖެއްސުމަށް،ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

10. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދުގެ ނޯޕޭ ލީވްއާ ގުޅޭ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދުގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ދަރިފުޅުގެ ބޭސްފަރުވާއަށް ރާއްޖެއިންބޭރަށް ދިއުމަށް 2024 މާރިޗް 03 އިން ފެށިގެން 2024 މޭ 31 ގެ ނިޔަލަށް ނަގާފައިވާ 90 ދުވަހުގެ މުސާރަނުލިބޭ ޗުއްޓީ ކުރުކޮށްލައި 2024 މޭ 07 ވާ އަންގާރަ ދުވަހު ވަޒީފާއަށް ނިކުމެފައިވާތީ، ވަޒީފާއަށް ނިކުތުމުން ނުނަގާ ބާކީ އޮތް 25 ދުވަސް ދަރިފުޅުގެ ދެވަނަ އޮޕަރޭޝަނެއް ކުރުމަސް ތާރީޚެއް ކަނޑައެޅުމުން އެ 25 ދުވަސް ނެގޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

މިނިންމެވުމާ ގުޅިގެން، އެސިސްޓެންޓް ޑިރެކްޓަރ ވިޝާހު ސަޢީދު ހޯއްދެވުމަށް އެދިލައްވާފައިވާ އިތުރު 90 ދުވަސް، ގަވައިދުގެ ތެރެއިން ދެވެންނެތުމާއިއެކު، އެ ހަމަޖައްސައިދެވެން ނެތްކަމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

11. ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޓީތަކުން ހުސްވެފައިވާ މަޤާމުތަކާ ގުޅޭ.

  • ބިޑް ކޮމިޓީ
  • އިންޓަރނަލް އޮޑިޓް "ސަބް ކޮމިޓީ"
  • ސްޓްރެޓެޖިކް އެކްޝަން ޕްލޭން ކޮމިޓީ

މި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 2024 މޭ 02 ވަނަ ދުވަހުން ފެށިގެން ޢަބްދުﷲ އުނައިސް ހަމަޖެއްސެވުމަށް ކޮމިޝަނުގެ 828 ވަނަ ޢާންމު ޖަލްސާއިން ނިންމެވުމާއި ގުޅިގެން، ކޮމިޝަނުން އެކުލަވާލާފައިވާ ކޮމިޓީތަކުގެ މަޤާމުތަކަށް ތިރީގައިއެވާ ގޮތުގެމަތިން މުވައްޒަފުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ބިޑްކޮމިޓީ:

ޕަބްލިކް ރިލޭޝަން ސެކްޝަނުގެ ކޮމިއުނިކޭޝަން އެގްޒެކެޓިވް، މަރްޔަމް ޝާހިޔާ

އިންޓަރނަލްއޮޑިޓް "ސަބްކޮމިޓީ":

ރަޖިސްޓްރޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ، ޢަލީ ޢަބްދުއްރަޙްމާން

ސްޓްރެޓެޖިކްއެކްޝަންޕްލޭންކޮމިޓީ:

ޕްލޭނިންގ އެންޑް ރެޖިސްޓްރޭޝަން ޑިވިޜަންގެ ޑިރެކްޓަރ، އާމިނަތު އަޒީފާ

12. ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ ޖީ.އެސް3 މަޤާމުގައި ހުރި މަރްޔަމް ޝިޔާޒާ ވަޒީފާއިން ވަކިވުމަށްއެދިފައިވާތީ، އެމައްސަލައާ ގުޅޭ.

ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އޮފިސަރ ޖީ.އެސް3 މަޤާމުގައި ހުރި މަރްޔަމް ޝިޔާޒާ ނޯޓިސް މުއްދަތުގެ ކުރިން، 2024 މޭ 6 ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށް ދިނުމަށްއެދި، ވަޒީފާއިން ވަކިވުމަށްއެދޭ ފޯމު މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، ކޮމިޝަނުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ފުރިހަމަކުރުމަށްފަހު، ނޯޓިސް މުއްދަތަށްވާ ފައިސާއާއި ޢިނާޔަތްތައް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ދެއްކުމަށްފަހު، އެދިފައިވާ ތާރީޚުގައި މަރްޔަމް ޝިޔާޒާ ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމަށާއި، އަދި މަރްޔަމް ޝިޔާޒާ ހުރި މަޤާމަށް މުވައްޒަފަކު ހޯދުމަށް އިޢުލާނު ކުރުމަށްވެސް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

13. މާލީ ވުޒާރާއިން މި ކޮމިޝަނަށް ފޮނުއްވާފައިވާ ނަންބަރު:13-B3/38/2024/14 ސިޓީއިން މި ކޮމިޝަނުގެ ބަޖެޓުން އުނިކޮށްފައިވާ ބަޖެޓުގެ ތަފްޞީލާ ގުޅޭ.

މާލީ ވުޒާރާއިން ފޮނުވާފައިވާ ނަންބަރު:13-B3/38/2024/14 ސިޓީގައި އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުން އުނިކޮށްފައިވާ ބަޖެޓުގެ ތަފްޞީލުތަކާ ގުޅޭގޮތުން، މާލީ ވުޒާރާއަށް ސިޓީއެއް ފޮނުއްވުމަށާއި، މިގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައި އޮންނަ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުން މާލީ ވުޒާރާއިން ފައިސާ އުނިކުރެވޭނީ އިލެކްޝަންސް ކޮމިޝަނުގެ ބަހެއް އޮވެގެންކަމާއި، ކޮމިޝަނުގެ ބަޖެޓުން އުނިކުރައްވާފައިވާ ފައިސާގެ ޢަދަދުތަކަމާމެދު (ތަފްޞީލާއެކު ބަޔާންކޮށް) ހިތްހަމަނުޖެހޭކަން މި ސިޓީގައި ފާހަގަކުރެއްވުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

14. ޕޭމަންޓް ވައުޗަރ އަދި ޕަރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުންގެ ގޮތުގައި ސޮއި ކުރައްވާ މުވައްޒަފުންނާ ގުޅޭ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ފެބުރުވަރީ 2017) ގެ 2.03 ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުންކުރާ ޚަރަދުތަކަށް ޕޭމަންޓް ވައުޗަރ އަދި ޕަރޗޭސް އޯޑަރ އޮތޮރައިޒިންގ އޮފިސަރުންގެ ގޮތުގައި ތިރީގައި ދަންނަވާފައިއެވާ އޮފިސަރުން ހަމަޖެއްސުމަށް، ކޮމިޝަނުގެ 829 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.

ޕޭމަންޓް ވައުޗަރ އޮފިސަރުން (ތަރުތީބުން)

1. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް - އޮތޮރައިޒިންގ ލެވެލް 2

2. ޑިރެކްޓަރ ޢާއިޝަތު ޝައްފާފް - އޮތޮރައިޒިންގ ލެވެލް 2

3. ޑިރެކްޓަރ ޢާއިޝަތު ޝައްފާފް - އޮތޮރައިޒިންގ ލެވެލް 1

4. ޑިރެކްޓަރ ޝަހުލާ އިސްމާޢީލް - އޮތޮރައިޒިންގ ލެވެލް 1

5. އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުލް ޙަސީބު އިސްމާޢީލް - އޮތޮރައިޒިންގ ލެވެލް 1

ޕަރޗޭސްއޯޑަރއޮތޮރައިޒިންގއޮފިސަރުން (ތަރުތީބުން)

1. ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އުނައިސް - ޕަރޗޭސިންގ އޮފިސަރ 2

2. ޑިރެކްޓަރ ޢާއިޝަތު ޝައްފާފް - ޕަރޗޭސިންގ އޮފިސަރ 2

3. ޑިރެކްޓަރ އާމިނަތު އަޒީފާ - ޕަރޗޭސިންގ އޮފިސަރ 1

4. އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ސަމްރާ - ޕަރޗޭސިންގ އޮފިސަރ 1

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން4

  • ފުއާދު ތައުފީޤް
  • ޢަލީ ނަޝާޠު
  • މުޙައްމަދު ޢާޞިފް
  • ޙަސަން ޒަކަރިއްޔާ

އިސް މުވައްޒަފުން3

  • ޢަބްދުﷲ އުނައިސް
  • އާއިޝަތު ޝައްފާފް
  • ފާޠިމަތު ޝަބާ ބާޤިރު