ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް އެވެ. މިޖަލްސާގައި ކޮމިޝަނުގެ 5 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް، ނައިބު ރައީސް ޢަލީ ނަޝާޠު، މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، މެންބަރު މުޙައްމަދު ޢާޞިފް އަދި މެންބަރު ކޮމިޝަން މެންބަރ ޙަސަން ޒަކަރިއްޔާއެވެ.
މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.
1. ޕްލޭނިންގޕޮލިސީއެންޑްރިސަރޗްސެކްޝަނުގެއޮފިސަރފާތިމަތުނަސްރާއަޙްމަދުގެޕްރޮބޭޝަންރިޕޯޓާގުޅޭ.
ޕްލޭނިންގ ޕޮލިސީ އެންޑް ރިސަރޗް ސެކްޝަނުގެ އޮފިސަރ، ފާތިމަތު ނަސްރާ އަޙްމަދުގެ ޕްރޮބޭޝަން މުއްދަތުގައި މަސައްކަތް ކޮށްފައިވާގޮތުގެ ރިޕޯޓަށް ބައްލަވައި ސުޕަވައިޒަރ (ސެކްޝަން ހެޑް)، ޑިވިޜަން ހެޑް އަދި ސެކްރެޓަރީ ޖެނެރަލް، މި މުވައްޒަފު ދާއިމީ ކުރުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވާފައިވާތީ، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ދެންނެވިފައިވާ މުވައްޒަފު، ދާއިމީ ކުރުމަށް، ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
2. 2025އިން2027ވަނައަހަރަށްލަފާކުރާބޭސްލައިންބަޖެޓުއަދިޑޮމެސްޓިކްޕްރޮޖެކްޓްސްއަދި 2025 ވަނައަހަރުމިކޮމިޝަނުން،ފެންބޯސާގެ 13 ވަނައަހަރީބައްދަލުވުންރާއްޖޭގައިބޭއްވުމަށްލަފާކުރާބަޖެޓުފާސްކުރުމާގުޅޭ.
2025 އިން 2027 ވަނަ އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓުގެ ގޮތުގައި 28,968,000 (އަށާވީސް މިލިއަން ނުވަލައްކަ ފަސްދޮޅަސް އަށްހާސް) ރުފިޔާ، ޑޮމެސްޓިކް ޕްރޮޖެކްޓްތަކުގެ ބަޖެޓުގެ ގޮތުގައި 3,481,000 (ތިން މިލިއަން ހަތަރުލައްކަ އަށްޑިހަ އެއްހާސް) ރުފިޔާ އަދި، ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތް އޭޝިއާ (ފެމްބޯސާ) ގެ 13 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށްޓަކައި އެކަމަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 1,944,181 (އެއްމިލިއަން ނުވަ ލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ އަށްޑިހަ އެކެއް) ރުފިޔާ ފާސް ކުރައްވަން، ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާގައިވަނީ ނިންމަވާފައެވެ.
3. އަޒަރުބައިޖާންގެބާކޫގައި، 2024 އޮގަސްޓު 30 އިންސެޕްޓެންބަރު 02 އަށްބޭއްވުމަށްހަމަޖެހިފައިވާ، "އާރލީއިލެކްޝަންސްޓުދަމިލިމަޖިލިސް" އޮބްޒާވްކުރެއްވުމުގެދަތުރާގުޅޭ.
އަޒަރުބައިޖާންގެ ބާކޫގައި، 2024 އޮގަސްޓު 30 އިން ސެޕްޓެންބަރު 02 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، "އާރލީ އިލެކްޝަންސް ޓު ދަ މިލިމަޖިލިސް" އޮބްޒަވޭޝަން ދަތުރާ ގުޅިގެން، ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާގައި، ލީގަލް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުގެ ޑިރެކްޓަރ ޢާއިޝަތު ސުމައިނާ މި ދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް ނިންމަވާފައިވީ ނަމަވެސް، މި މުވައްޒަފަށް މެދުވެރިވި ޟަރޫރީ ސަބަބަކާހުރެ ދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް މުވައްޒަފު ވިދާޅުވެފައިވާތީ، ބަދަލުގައި، ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިވިޜަންގެ ޑިރެކްޓަރ ޢާއިޝަތު ޝައްފާފް، ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާޠު އަދި ކޮމިޝަނުގެ މެންބަރ ޙަސަން ޒަކަރިއްޔާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
4. 2024ސެޕްޓެންބަރ 14 ވަނަދުވަހުބޭއްވުމަށްހަމަޖެހިފައިވާލޯކަލްކައުންސިލްއަދިއަންހެނުންގެތަރައްޤީއަށްމަސައްކަތްކުރާކޮމިޓީތަކުގެބައި-އިލެކްޝަންގެނިންމެވުންމުރާޖަޢާކޮށް،ހއ. މާރެންދޫކައުންސިލްގެމެންބަރުއިންތިޚާބުކުރުމަށްޓަކައި، 2024 ސެޕްޓެންބަރު 14 ވާހޮނިހިރުދުވަހުބައ-އިލެކްޝަންބޭއްވުމާގުޅޭ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިސްތިޢުފާތަކުގެ ގޮތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިކޮމިޝަނަށް އަންގަވާފައިވާ 23 ދާއިރާގެ ބައި-އިލެކްޝަނާއި، އިތުރު ބުރެއްގެ ގޮތުގައި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، އިޢުލާންކޮށްގެން ކުރިމަތުލުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ފޯމު ހުށަހަޅުއްވާފައިނުވާ 3 ދާއިރާއެއްގެ ބައި-އިލެކްޝަން، 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވީނަމަވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް މިވަގުތަށް ބޭއްވުން ލަސްކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތަތީވެ، ބައި-އިލެކްޝަންތަކާ ގުޅިގެން ކޮމިޝަނުގެ 838 ވަނަ ޢާންމު ޖަލްސާގައި ނިންމަވާފައިވާ ނިންމެވުން މުރާޖަޢާކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން ލަސްކޮށް، ހއ. މާރެންދޫ ކައުންސިލްގެ މެންބަރު، އަޙްމަދު ރަމީޒު (ދ.ރ.އ.ކާޑު ނަންބަރު:A082326) އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ނަންބަރު221-LMI/38/2024/56 ސިޓީއިން މިކޮމިޝަނަށް އަންގަވާފައިވާތީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އެންމެ ފަހުގެ އިޞްލާޙުގައި، ކައުންސިލެއްގެ ގޮނޑިއެއް ހުސްވާތާން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުން ޤާނޫނީގޮތުން މިކޮމިޝަނުގެ މައްޗަށް ލާޒިމުކުރާތީވެ، އެގޮތުގެމަތީން، ހއ. މާރެންދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށްޓަކައި، 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހު ބައި-އިލެކްޝަން ބޭއްވުމަށް، ކޮމިޝަނުގެ 839 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައެވެ.
ޖަލްސާގެ ހާޟިރީ
ކޮމިޝަނުގެ މެންބަރުން5
-
ފުއާދު ތައުފީޤް
-
ޢަލީ ނަޝާޠު
-
ޑޮކްޓަރ މުޙައްމަދު ޒާހިރު
-
މުޙައްމަދު ޢާޞިފް
-
ޙަސަން ޒަކަރިއްޔާ
އިސް މުވައްޒަފުން5
-
ޢަބްދުﷲ އުނައިސް
-
ޝަހުލާ އިސްމާޢީލް
-
އާއިޝަތު ޝައްފާފް
-
އާމިނަތު އަޒީފާ
-
ފާޠިމަތު ޝަބާ ބާޤިރު