ޖަލްސާ
ކުއްލި ޖަލްސާ

ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާ

ތާރީޚު
ގަޑި
13:00
ޖަލްސާގެ ނަންބަރު
44
ތަން
ތިންވަނަ ފަންގިފިލާގެ، މެންބަރުންގެ މީޓިންގ ރޫމް

ތަޢާރަފް

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރެވެ. ޖަލްސާގައި ކޮމިޝަނުގެ 3 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.

މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.

1. ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއް ނެތި، ފީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅައިގެން މިކަން މި ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އިސްވެ މިދެންނެވުނު ފޯމު ބާޠިލްކުރުމަށާއި، މެންބަރު ޙުސައިން ޒިޔާދުގެ މެންބަރޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް ނައަންނާނޭ ފަދައިން އެބޭފުޅާ ކުރީން ހުންނެވި ޕާޓީ (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ) އަށް އަނބުރާ ބަދަލުކުރުމަށް، ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

އިސްވެ ދެންނެވުނު ނިންމެވުންތަކާ ގުޅިގެންނާއި އަދި، މެންބަރު ޙުސައިން ޒިޔާދަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅައިފައިވާތީ، މި މައްސަލަ އިތުރަށް ބެލުމަށާއި، މިކަމާ ގުޅިގެން ކަންހިނގާފައިވާގޮތާއި، މިމައްސަލައާ ގުޅިގެން ކޮމިޝަނުން ޢަމަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުންތައް، ނޫސް ބަޔާނެއްގެ ގޮތުގައި ޢާންމުކުރުމަށް، ކޮމިޝަނުގެ 44 ވަނަ ކުއްލި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ޖަލްސާގެ ހާޟިރީ

ކޮމިޝަނުގެ މެންބަރުން3

  • ޑޮކްޓަރ މުޙައްމަދު ޒާހިރު
  • ޙަސަން ޒަކަރިއްޔާ
  • ޢަބްދުލްޙަސީބު އިސްމާޢީލް