އިންތިޚާބާ ގުޅިގެން ބާއްވާ 485 ވަނަ ޚާއްޞަ ޖަލްސާ
ތަޢާރަފް
މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ޖަލްސާގައި ކޮމިޝަނުގެ 4 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު، ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ އަދި ކޮމިޝަނުގެ މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލް އެވެ.
މެންބަރު ޑޮކްޓަރު މުޙައްމަދު ޒާހިރު ހުންނެވީ ޢުމުރާ ޗުއްޓީގައެވެ.
މިޖަލްސާގައިނިންމާފައިވާނިންމުންތައްތިރީގައިމިވަނީއެވެ.
1.މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު ފާސްކުރެއްވުމާގުޅޭ.
ޤާނޫނު ނަންބަރު:2025/16 މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ގެޒެޓު ކުރެއްވުމާއި ގުޅިގެން، އެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު، 2025 ސެޕްޓެންބަރު 22 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ނުރަސްމީ ޖަލްސާގައި މަޝްވަރާ ކުރައްވައި ގެންނެވި އިޞްލާޙުތަކާއެކު، އިންތިޚާބާ ގުޅިގެން ބޭއްވި 485 ވަނަ ޚާއްޞަ ޖަލްސާގައިވަނީ ފާސް ކުރައްވާފައެވެ.
ޖަލްސާގެ ހާޟިރީ
ކޮމިޝަނުގެ މެންބަރުން4
-
މުޙައްމަދު ޒާހިދު
-
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
-
ޙަސަން ޒަކަރިއްޔާ
-
ޢަބްދުލްޙަސީބު އިސްމާޢީލް
އިސް މުވައްޒަފުން6
-
ޢަބްދުﷲ އުނައިސް
-
ޝަހުލާ އިސްމާޢީލް
-
މުޙައްމަދު އަނީލް
-
އާއިޝަތު ޝައްފާފް
-
އާމިނަތު އަޒީފާ
-
އަލްއުސްތާޛާ ޢާލިޔާ ޙަނީފް