ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ޢާންމު މަޢުލޫމާތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

  ނަންބަރު (IUL)38-AC/38/2024/247

 

މިކޮމިޝަނުގެ އިޢުލާން ނަންބަރު (IUL)38-AC/38/2024/82 ،(IUL)38-AC/38/2024/93 ،(IUL)38-AC/38/2024/115 އަދި (IUL)38-AC/38/2024/116 އާއި ހަވާލާދީ ދަންނަވަމެވެ. 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓުފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ވޯޓުފޮށިތައް

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ނ. ވެލިދޫ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ އުތުރުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ ހުޅަނގުން އުތުރަށް ޗާނދަނީމަގާއި ހަމަޔަށް، ޗާނދަނީމަގުގެ އުތުރުން އިރަށް ރާވެރިމަގާއި ހަމަޔަށް، ރާވެރިންމަގުން އުތުރަށް އެމަގުގެ ހުޅަނގުން ހިމެނޭ ރަށުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ނ. ވެލިދޫ-1

D03.13.1

83

ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ރަށްދެބައިމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ތ. ގުރައިދޫ-1

N04.05.1

217

ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭ.ވީ ރޫމް

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ރަށްދެބައިމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ތ. ގުރައިދޫ-2

N04.05.2

218

ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް

މި ފޮށްޓަށް ވޯޓުލާނީ ތިމަރަފުށީ، ލިލީމަގުން އިރަށްގޮސް ޣާޒީމަގުން ދެކުނަށްގޮސް އިރަމާމަގުން އިރަށް ގޮސް ސަތަރުގޯޅިން އުތުރުގައިވާ ގޭގައި ރަޖިސްޓަރީކޮށްފައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ތ. ތިމަރަފުށި-1

N02.10.1

223

މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް

މިފޮއްޓަށް ވޯޓުލާނީ ދޮންއަދަރާދަހިނގުމާއި ބޮޑުރަސްގެފާނުމަގު ގުޅޭ ނުކުތާއިން، ބޮޑުރަސްގެފާނުމަގުން ހުޅަނގަށް، ރުއްކެނޑިޔާހިނގުމުން ދެކުނަށް، ބުރުޒުމަގުން އިރަށް، ކޮއިމަލާހިނގުމުން އުތުރަށް، ހުވަފެނީގޯޅިން އިރަށް، ދޮންއަދަރާދަހިނގުމުން އުތުރަށް ގޮސް ބޮޑުރަސްގެފާނުމަގާއި ގުޅޭ ނުކުތާ އިން ވަށާލެވޭ ސަރަހައްދުތަކުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގަލޮޅުދެކުނު-5

T06.1.5

352

އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B

މި ފޮށްޓަށް ވޯޓުލާނީ  މާލޭގައި ތިބި އަލިފުށި ހަވީރީ ހިނގުމުގެ އިރުން، ޣާޒީމަގުގެ އުތުރުން، މުހައްމަދު އަލީކޮށިމަގުގެ އިރުން، އަމީނީމަގުގެ އުތުރުން، މެހެމާނީ ހިނގުމުގެ އިރުމަތީ ސަރަހައްދުގެ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ރ. އަތޮޅު، މާލެ-2

ET.1.3

446

މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ދ. މީދޫ، ބަނޑިދޫ، ރިނބުދޫ، ހުޅުދެލި، މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންނެވެ.

ދ. އަތޮޅު، މާލެ-1

MT.1.1

475

މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ފޮނަދޫ، ލ. މާމެންދޫ މި 2 ރަށުގެރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ލ. އަތޮޅު، މާލެ-5

OT.3.1

489

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަން - (20 ޖުލައި 2024)

ޢާންމު މަޢުލޫމާތު

2024 ޖޫން 14 ވީ ހުކުރު ދުވަހު މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2024 ޖޫން 14 ވީ ހުކުރު ދުވަހު ލ. ގަމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

2024 ޖޫން 14 ވީ ހުކުރު ދުވަހު ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ

ޢާންމު މަޢުލޫމާތު

ޅ އަތޮޅު ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ޢާންމު މަޢުލޫމާތު

ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން

ޢާންމު މަޢުލޫމާތު

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް

ޢާންމު މަޢުލޫމާތު

ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ޢާންމު މަޢުލޫމާތު

ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް