މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ޢާންމު މަޢުލޫމާތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބު 2025 - ބްރޯޑްކާސްޓަރުން އަދި މީޑިއާގެ ފަރާތުން ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީކުރުން
ސުންގަޑި ނަންބަރު (IUL)38-DC/38/2025/177
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ މި ފުރުސަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކޮންމެ މީހަކަށް ތަމްސީލު ކުރުވޭނީ 1 (އެކެއް) ބްރޯޑްކާސްޓަރ/މީޑިއާ ކަމުގައި ވެސް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދިހުށަހެޅޭނީ،ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ގޮތުގައި މި ކޮމިޝަނުން ޢާންމު ކޮށްފައިވާ ފަރާތް ތަކަށެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނީ މިކޮމިޝަނުން ޢާންމުކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ. ރަޖިސްޓަރީވުމަށް މިކޮމިޝަނުގެ މައިޕޯޓަލް my.elections.gov.mv)) މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ މި މުއްދަތުގެ ކުރިން ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ މީހަކަށް ތަމްސީލު ކުރެވޭނީ އެންމެ ބްރޯޑްކާސްޓަރެއް ނުވަތަ މީޑިއާއެކެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށާއި ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނޭހެން ލިޔުމެއް ހުށަހެޅުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން
1. ކުންފުނި ނުވަތަ ހިންގާ ކޮމިޓީއެއްގެ ދަށުން ހިންގާ ބްރޯޑްކާސްޓަރެއް ނުވަތަ މީޑިއާއެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ކުންފުނީގެ ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ ނިންމުމެއް ހުށަހަޅަންޖެހެއެވެ. މި ލިޔުމުގައި ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ ނަން، އަތޮޅު، ރަށް، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި އެތަނެއްގެ ރަޖިސްޓަރީ ނަންބަރު ނުވަތަ ލައިސަންސް ނަންބަރާއި އެތަނެއްގެ ތައްގަނޑު ހިމަނަންވާނެއެވެ.
2. ސަރުކާރުގެ ވުޒާރާ ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ދަށުން ހިންގާ ބްރޯޑްކާސްޓަރެއް ނުވަތަ މީޑިއާއެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މި ލިޔުމުގައިވެސް ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ މަޢުލޫމާތާއި އެތަނެއްގެ ތައްގަނޑު ހިމަނަންވާނެއެވެ. އަދި މިނިސްޓަރު ނުވަތަ އެ އިދާރާއެއްގެ އިސްވެރިއެއްގެ ސޮއި ހިމަނަންޖެހެއެވެ.
3. އަމިއްލަ ފަރުދެއް ހިންގާ ބްރޯޑްކާސްޓަރެއް ނުވަތަ މީޑިއާއެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މި ލިޔުމުގައިވެސް ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ މަޢުލޫމާތާއި އެތަނެއްގެ ތައްގަނޑު ހިމަނަންވާނެއެވެ. އަދި އެތަނެއްގެ މަސްއޫލުވެރިޔާގެ ސޮއި ހިމަނަންޖެހެއެވެ.
ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2025 އޮކްޓޫބަރު 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 5 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.
މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ. އަދި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިރިޔާ ސްކޫލުގައެވެ. މި އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރާއިރު ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވާނެއެވެ.