ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ކ. އަތޮޅުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްޞީލް
ނަންބަރު (IUL)38-AC/38/2026/13
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ކޯޑު |
# |
|
ކ. ކާށިދޫ، ކ. އަތޮޅު މަދަރުސާ، ބައު ހޯލު - އުތުރު |
މި ފޮށްޓައް ވޯޓުލާނީ ކާށިދޫ ހަވީރީހިނގުމުގެ އުތުރު (އުތުރުއަވަށް) ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. ކާށިދޫ-1 |
H1.1 |
145 |
|
ކ. ކާށިދޫ، ކ. އަތޮޅު މަދަރުސާ ބައު ހޯލު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ ކާށިދޫ ހަވީރީހިނގުމުގެ ދެކުނު (ދެކުނުއަވަށް) ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ކާށިދޫ-2 |
H1.2 |
146 |
|
ކ. ގާފަރު، ގާފަރު ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ގާފަރު ހުސްނުހީނާމަގުގެ ހުޅަނގުން އިރަށްގޮސް ފިޔާތޮށިގޯޅިން އުތުރަށް، އޯކިޑްމަގުން އިރަށްގޮސް އޯކިޑްމަގު ނިމޭ ހިސާބުގެ، އުތުރަށް ހުރި ގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ގާފަރު-1 |
H2.1 |
147 |
|
ކ. ގާފަރު، |
މި ފޮށްޓައް ވޯޓުލާނީ ގާފަރު ހުސްނުހީނާމަގުގެ ހުޅަނގުން އިރަށްގޮސް ފިޔާތޮށިގޯޅިން އުތުރަށް، އޯކިޑްމަގުން އިރަށްގޮސް އޯކިޑްމަގު ނިމޭ ހިސާބުގެ، ދެކުނަށް ހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. ގާފަރު-2 |
H2.2 |
148 |
|
ކ. ދިއްފުށި، ދިއްފުށީ ސްކޫލް، މަލްޓިޕާޕަސް ހޯލު |
މި ފޮށްޓައް ވޯޓުލާނީ ދިއްފުށީ ރައްޔިތުންގެ ތެރެއިން، މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ ދިވެހި ރައްޔިތުންނެވެ. |
ކ. ދިއްފުށި-1 |
H3.1 |
149 |
|
ކ. ދިއްފުށި، ދިއްފުށީ ސްކޫލް، ގްރޭޑް 7 ކްލާސްރޫމް |
މި ފޮށްޓައް ވޯޓުލާނީ ދިއްފުށީގައި ދިރިއުޅޭ، މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ދިއްފުށި-2 |
H3.2 |
150 |
|
ކ. ތުލުސްދޫ، ކ. އަތޮޅު ތަޢުލީމީ މަރުކަޒު، މަލްޓިޕާޕަސް ހޯލު - އުތުރު |
މި ފޮށްޓައް ވޯޓުލާނީ ތުލުސްދޫ ރަންދާމަގުގެ އުތުރަށްހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ތުލުސްދޫ-1 |
H4.1 |
151 |
|
ކ. ތުލުސްދޫ، ކ. އަތޮޅު ތަޢުލީމީ މަރުކަޒު، މަލްޓިޕާޕަސް ހޯލު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ ތުލުސްދޫ ރަންދާމަގުގެ ދެކުނަށްހުރި ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. ތުލުސްދޫ-2 |
H4.2 |
152 |
|
ކ. ހުރާ، ހުރާ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ހުރާ ރައްޔިތުންގެ ތެރެއިން، މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ ދިވެހި ރައްޔިތުންނެވެ. |
ކ. ހުރާ-1 |
H5.1 |
153 |
|
ކ. ހުރާ، ހުރާ ސްކޫލް، ކްލާސްރޫމް 10 |
މި ފޮށްޓައް ވޯޓުލާނީ މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ހުރާ-2 |
H5.2 |
154 |
|
ކ. ހިންމަފުށި، ހިންމަފުށީ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ހިންމަފުށި ރައްޔިތުންގެ ތެރެއިން، މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ ދިވެހި ރައްޔިތުންނެވެ. |
ކ. ހިންމަފުށި-1 |
H6.1 |
155 |
|
ކ. ހިންމަފުށި، ހިންމަފުށީ ޕްރީސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ހިންމަފުށި-2 |
H6.2 |
156 |
|
ކ. ގުޅި، ގުޅީ ސްކޫލް، ހޯލު |
މި ފޮށްޓައް ވޯޓުލާނީ ގުޅީ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. ގުޅި-1 |
H7.1 |
157 |
|
ކ. މާފުށި، މާފުށީ ސްކޫލް، ހޯލު - ދެކުނު |
މި ފޮށްޓައް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން، ރޯޝަނީމަގުން އިރަށް، ހަވީރީ ހިނގުމުން އުތުރަށް، މިހިރިމަގުން އިރަށް ގޮސް މިހިރިމަގު ނިމޭ ހިސާބުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. މާފުށި-1 |
H8.1 |
158 |
|
ކ. މާފުށި، މާފުށީ ސްކޫލް، ހޯލު - ހުޅަނގު |
މި ފޮށްޓައް ވޯޓުލާނީ މާފުށީ ރައްޔިތުންގެ ތެރެއިން، ރޯޝަނީމަގުން އިރަށް، ހަވީރީ ހިނގުމުން އުތުރަށް، މިހިރިމަގުން އިރަށް ގޮސް މިހިރިމަގު ނިމޭ ހިސާބުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ކ. މާފުށި-2 |
H8.2 |
159 |
|
ކ. މާފުށި، މާފުށީ ސްކޫލް، ކްލާސްރޫމް 3 |
މި ފޮށްޓައް ވޯޓުލާނީ މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ކ. މާފުށި-3 |
H8.3 |
160 |
|
ކ. ގުރައިދޫ، ގުރައިދޫ ކައުންސިލް އިދާރާ، މީޓިންގ ރޫމް |
މި ފޮށްޓައް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ކ. ގުރައިދޫ-1 |
H9.1 |
161 |
|
ކ. ގުރައިދޫ، ގުރައިދޫ ޖިމް |
މި ފޮށްޓައް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ކ. ގުރައިދޫ-2 |
H9.2 |
162 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.