ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާ ބަދަލުވުން

  ނަންބަރު (IUL)38-DC/38/2026/36

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

 

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާ ބަދަލުވުން

 

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅުއްވާފައިވާ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރަށްވެހިން އެއަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2025  ޑިސެންބަރު 30 ވަނަ ދުވަހު ނެރުއްވާފައިވާ ނަންބަރު 36/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ޤަރާރުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ އުނިކޮށްފައިވާތީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާގެ (އ) އަދި (މ) ގައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި އެރަށުގެ ރަށްވެހީން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހީންގެ އިންތިޚާބީ ދާއިރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެމީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށާއި، އެ ބަދަލުވާ ރަށުގެ ރަށްވެހިންގެ ތެރެއިން، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންނަށް، އެމީހުން ބަދަލުވި ރަށުގައި ވޯޓު ލެވޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، އެގޮތުގެމަތިން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އިންތިޚާބީ ދާއިރާއަކީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކަމުގައި ހަމަޖައްސައިފީމެވެ.

 

އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެއަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރާ މަރުޙަލާގެ ތެރޭގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ގެ ތާރީޚް ހިމެނިގެންދާތީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓު" ގައި ޢާންމު ކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ އާބާދީގައި ހިމެނޭ 588 (ފަސްސަތޭކަ އަށްޑިހަ އަށެއް) މީހުންނަކީ ހަނިމާދޫގެ ރަށްވެހީން ކަމުގައި ބަލާ، އޭގެތެރެއިން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތައް ވޯޓުލާނީ ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ކަމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – ކ. ގުރައިދޫގެ ޚާޢްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ވޯޓުފޮށި ބެހެއްޓުމާގުޅޭ

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - އޮބްޒާވަރުންނަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - މޮނިޓަރަކަށްވުމަށް ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ ވަގުތު އިތުރުކުރުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ގެޒެޓުކުރުމާއި މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން