ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ރިސޯޓުތަކާއި، ސިނާޢީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ

  ނަންބަރު (IUL)38-AC/38/2026/64


މި ކޮމިޝަނުގެ ނަންބަރު ((IUL)38-AC/38/2026/31) (07 ޖަނަވަރީ 2026)، ((IUL)38-AC/38/2026/32 (07 ޖަނަވަރީ 2026) އަދި ((IUL)38-AC/38/2026/34) (07 ޖަނަވަރީ 2026) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން އެ ރިސޯޓުތަކާއި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއް އަދި ސިނާޢީ މަސައްކަތްކުރާ ތަނެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އަދި އިޢުލާނުގައިވާ، ރާއްޖެއިން ބޭރު ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެގައުމަކަށް ވޯޓުލުމަށް މަދުވެގެން 2000 (ދެހާސް) މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް 1 (އެކެއް) ދާއިރާއަކުން 40 (ސާޅީސް) މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. އެހެންކަމުން، ހަވާލާދީފައިވާ އިޢުލާނުތަކުގައިވާ ރިސޯޓެއް ނުވަތަ ސިނާޢީ މަސައްކަތްކުރާ ތަނެއް ނުވަތަ ރާއްޖެއިން ބޭރު ޤައުމެއްގައި ވޯޓުލުމަށް، ދެންނެވިފައިވާ އަދަދަށް ރަޖިސްޓަރީ ކޮށްފައިނުވާނަމަ، އެ ތަންތަނުގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބަހައްޓާނެ ވާހަކަ ދަންނަވަމެވެ.

އަދި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފިނަމަ، އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން އެހެން ވޯޓުފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވެފައި އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށަކަށް ނުވަތަ ސިޓީއަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 ގައި އައްޑުއަތޮޅު އައްޑޫ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 ގައި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 ގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުން

ޢާންމު މަޢުލޫމާތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން2026 - ނ. ކުޑަފަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން 2026 ގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2026ގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އޮފިޝަލުން ހޯދުމަށް

ޢާންމު މަޢުލޫމާތު

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ - ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން - ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން 2026

ޢާންމު މަޢުލޫމާތު

ޝަކުވާ/މައްސަލަ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026