ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 – ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް ފުރުޞަތު ހުޅުވާލުން

  ސުންގަޑި   ނަންބަރު (IUL)38-AC/38/2026/130

 

2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 42 ވަނަ މާއްދާއާއި، ޤަވާއިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ 29 މާއްދާއިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.

 

މިގޮތުން، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް  އެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

(ހ) އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.

1.އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

2.ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

3. އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

4. ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.

5. ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.

6. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

7. އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހެއްކަމުގައި ނުވުން.

8. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

9. ންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.  

 

(ށ) އިންތިޚާބަށް ކެންޑިޑޭޓުގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭނެގޮތް

މި އިންތިޚާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުންނެވެ. އެގޮތުން ފޯމު ހުށަހަޅާނެގޮތް ތިރީގައި އެވަނީއެވެ.

  1. އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މަންދޫބުންގެ މަޢުލޫމާތު ހުށަހަޅާނީ ކެންޑިޑޭޓެވެ.
  2. މަންދޫބުންގެ މަޢުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މަންދޫބެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިޤުރާރުވުމަށް އެދި އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ.
  3. މަންދޫބަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ މައި ޕޯޓަލްގެ ތެރެއިންނެވެ.
  4. މަންދޫބަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން ކޮމިޝަނުން ޤަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.

 

(ނ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން

- ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށްވެސް އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 (އެކެއް) މަންދޫބެވެ.

- ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ.

- ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަޙައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި ހަރަކާތްތެރިވާއިރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ފާހެއް، އެ މީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.

- އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ގަވައިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު) ގެ ޖަދުވަލު 4 ގައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.

 

ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް، މައި ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުއްވުން އެދެމެވެ.

އިޢުލާނާ ގުޅުންހުރި ލިޔެކިޔުންތައް

އެންމެ ފަހުގެ އިތުރު އިޢުލާނުތައް

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު އިތުރުކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއި ކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުން - ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 - މޮނިޓަރުން އަދި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅުމަށް އިތުރު މުއްދަތެއް ދިނުން

ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ ޢާންމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދި ހުށަހެޅޭނެ މުއްދަތު އިތުރުކުރުން

ޢާންމު މަޢުލޫމާތު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުފޮށި ނުބަހައްޓާ ތަންތަން

ޢާންމު މަޢުލޫމާތު

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން