އިލެކްޝަންސް ކޮމިޝަން

އިސް މުވައްޒަފުން

އިސް މުވައްޒަފުން
ޢަބްދުﷲ އުނައިސް

ޢަބްދުﷲ އުނައިސް

ސެކްރެޓަރީ ޖެނެރަލް

މަސްޢޫލިއްޔަތުތައް

ޤާނޫނު ނަންބަރު:8/2008 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާ ހިންގާ ބަލަހައްޓާނީ، ސެކްރެޓަރީ ޖެނެރަލް އެވެ.

އަދި، ގަވާއިދު ނަންބަރު2019/R-2: (އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް.

  • އިލެކްޝަންސް ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުން.
  • އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ކަންކަމުގައި އެހީތެރިވުން.
  • އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުން.
  • އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލާޒިމްކުރާ އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  • ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމް ރާވައި، ހިންގައި ބެލެހެއްޓުން.
  • ސިޔާސީ ޕާޓީތައް ރަޖިސްޓަރީކުރުމާއި، ޕާޓީތަކާ ބެހޭގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި ބެލެހެއްޓުން.