އިލެކްޝަންސް ކޮމިޝަން

އިސް މުވައްޒަފުން

އިސް މުވައްޒަފުން
ވިޝާޙު ސަޢީދު

ވިޝާޙު ސަޢީދު

އެސިސްޓެންޓް ޑިރެކްޓަރ

މަސްޢޫލިއްޔަތުތައް

އިލެކްޓޯރަލް މެނޭޖްމަންޓް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

  • އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓުނެގުމުގެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ރާވައި ހިންގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބު ބޭއްވުން.
  • އިންތިޚާބަށް ކުރިމަތިލާ އެންމެހައި ކެންޑިޑޭޓުން، އޮބްޒާވަރުން، މޮނީޓަރުން، އަދި ކެންޑިޑޭޓުންގެ މަންދޫބުންނާ ގުޅޭ ކަންކަން ބެލެހެއްޓުން.
  • ބައި-އިލެކްޝަން ބޭއްވުމުގެ އިންތިޒާމު ހަމަޖައްސައި ހިންގައި ބެލެހެއްޓުން.
  • ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ވޯޓުފޮށީގެ ޢަދަދުތައް ކަނޑައެޅުމާއި ވޯޓުފޮށިތައް ބަހައްޓާނެ ތަންތަން ހޯދައި ސާވޭކޮށް، ވޯޓު ކަރުދާސް ތައްޔާރުކުރުން.
  • އިންތިޚާބުގެ މަސައްކަތުގައި ބޭނުންކުރެވޭ ސެކިއުރިޓީ ސާމާނާއި އިންތިޚާބުގެ މުހިންމު ހުރިހާ ލިޔެކިޔުމެއް ބެލެހެއްޓުން.
  • އިންތިޚާބު ނިމުމުން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ވޯޓު ކަރުދާސް ނައްތާލުމުގެ މަސައްކަތްކުރުން.
  • އިންތިޚާބުތަކުގެ ނަތީޖާ ޕްރޮސެސްކުރުން.