މުޙައްމަދު އަނީލް
ޑިރެކްޓަރ
މަސްޢޫލިއްޔަތުތައް
އެޑްމިނިސްޓްރޭޝަން އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
- އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ހިންގުމަށް ބޭނުންވާ މާއްދީ ވަސީލަތްތަކާއި ޚިދުމަތްތައް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހޯދައިދިނުމާއި މިކަންކަމާ ގުޅޭގޮތުން، ކޮމިޝަނުގެ ހުރިހާ ޑިވިޜަންތަކާއި ސެކްޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޝަނަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ޤާއިމުކުރުން.
- ކޮމިޝަނުގެ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް ލިޔެ ތައްޔާރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވިލަރެސްކޮށް ބަލެހެއްޓުން.
- އިންތިޚާބުތަކުގެ ނަތީޖާ ޕްރޮސެސް ކުރުމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
- ކޮމިޝަނުގެ ލިޔެކިޔުމާއި އެކިއެކި ރެކޯޑްތައް ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް، މިފަދަ މަޢުލޫމާތުތައް ފަސޭހައިން ހޯދޭނެ ނިޒާމެއް ކަނޑައެޅުމާއި ކޮމިޝަނުގެ އައިޓީ އިންފްރާސްޓްރަކްޗަރ ރައްކާތެރިކަމާއެކު ބެލެހެއްޓުން.
އިންފޯމޭޝަން ސިސްޓަމްސް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
- ކޮމިޝަނުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއަރތައް ފަރުމާކޮށް، ލިޔެ، ތައްޔާރުކުރުން.
- ކޮމިޝަނުގެ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް ރައްކާތެރިކަމާ އެކު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އިންތިޚާބުތަކާއި ގުޅިގެން ނަތީޖާ ޕްރޮސެސްކުރުމަށާއި ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން.
- ސޮފްޓްވެއަރގެ ދާއިރާއިން ކޮމިޝަންގެ މަސައްކަތްތައް ތަރައްޤީކުރުމަށް ދިރާސާކޮށް، އެޕްލިކޭޝަންތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.