ޝަހުލާ އިސްމާޢީލް
ޑިރެކްޓަރ
މަސްޢޫލިއްޔަތުތައް
އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޜަން ހިންގުމާ ޙަވާލުވެ ހުރި
މަސްޢޫލިއްޔަތުތައް
- އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓުނެގުމުގެ ކަންކަން ޤާނޫނުގައިވާ ގޮތުގެ މަތިން ރާވައި ހިންގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބުތަކުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުތައް ރާވައި ހިންގުން.
- އިންތިޚާބުތަކާ ގުޅިގެން ކޮމިޝަންގެ މުވައްޒަފުންނާއި އިންތިޚާބުގެ މަސައްކަތްތައް ކުރުމަށްނަގާ ޓާސްކްފޯސް ތަމްރީނުކުރުން.
- އިންތިޚާބުތަކާ ގުޅިގެން ޓްރޭނިންގ ދޭންޖެހޭ ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ތަމްރީނު ދިނުމަށް ބޭނުންވާ ޓްރެއިނިންގ ޕެކްތަކާއި މެޓީރިއަލްސް ތައްޔާރުކުރުމާއި، އެ ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- އިންތިޚާބުތަކާ ބެހޭގޮތުންނާއި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.