އިލެކްޝަންސް ކޮމިޝަން

އިސް މުވައްޒަފުން

އިސް މުވައްޒަފުން
ފާޠިމަތު ޝަބާ ބާޤިރު

ފާޠިމަތު ޝަބާ ބާޤިރު

އެސިސްޓެންޓް ޑިރެކްޓަރ

މަސްޢޫލިއްޔަތުތައް

ކޮމިޝަނަރސް ބިއުރޯ ހިންގުމާ ޙަވާލުވެ ހުރި

މަސްޢޫލިއްޔަތުތައް

  • ކޮމިޝަނުގެ ރައީސްއާއި މެންބަރުން އަދި ސެކްރެޓަރީ ޖެނެރަލްގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި، ދޭން ޖެހޭ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޝަނުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓު ބެލެހެއްޓުން. އަދި ކޮމިޝަނުގެ ޖަލްސާތަކުގެ ނިންމުންތައް ކަމާގުޅުންހުރި ޑިވިޜަންތަކާއި، ސެކްޝަންތަކާއި މުވައްޒަފުންނާ ޙިއްޞާކުރުން.
  • އިންތިޚާބުތަކާ ގުޅިގެން، އެ އިންތިޚާބެއްގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލައި، އެކޮމިޓީގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓު ބެލެހެއްޓުން.
  • ކޮމިޝަނުގެ ފަރާތުން ރާއްޖެއިން ބޭރުގެ ޤައުމުތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން، ކުރަން ޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި، ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން.
  • ކޮމިޝަން ހިމެނޭ ރާއްޖެއިން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޮމިޝަނުން ދަޢުވަތު ދީގެން އިންތިޚާބުތައް އޮބްޒާވް ކުރުމަށް ރާއްޖެއިން ބޭރުން އަނަން ފަރާތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން.
  • ކޮމިޝަނުން ބާއްވާ އެކި އިންތިޚާބުތައް، އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ރާއްޖެއިން ބޭރުން އަންނަ ބައިނަލްއަޤްވާމީ އޮބްޒާވަރުންނާއި ބައިނަލްއަޤްވާމީ މޮނިޓަރުން ކަންކަން ހަމަޖައްސައިދިނުން.