ސޮފްޓްވެއަރ ޑިވެލޮޕަރ - ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް
ނަންބަރު (IUL)38-BB/38/2025/151
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މަސައްކަތްކުރުމަށް 01 (އެކެއް) ޑިވެލޮޕަރ އެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް، ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ، ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާގެ ލިޔުންތައް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mb އަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ.
މިވަޒީފާގެ ޝަރުތުތަކާ މަސްއޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" އަދި އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްހީރަސް ކޮށްފައިވާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މިކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.