ސިޔާސީ ޕާޓީ
2025 ޑިސެންބަރު 31 ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ޢަދަދު އާންމުކުރުން

ފޮޓޯ - އިލެކްޝަންސް ކޮމިޝަން
ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކޮށްފީމެވެ.
2025 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް
1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784
2. ޢަދާލަތު ޕާޓީ: 8,267
3. ޖުމްހޫރީ ޕާޓީ: 12,343
4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686
5. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 1,710
6. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048
7. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133
8. ދަ ޑިމޮކްރެޓްސް: 2,952
9. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012
ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް މިކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ.
ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ އެންމެހައި ކަންކަން އިތުރަށް ލުއިފަސޭހަކޮށް، އަވަސް ހިދުމަތެއްދިނުމުގެ ގޮތުން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން،
· ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓަރީކުރުން
· ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުން
· ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމަށް އަމަލުކުރަމުން ގެންދާ އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ.