ސިޔާސީ ޕާޓީ

2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ސިޔާސީ ޕާޓީތަކުން ހުށަހެޅި ގޮތުގެ ތަފްސީލް

ފޮޓޯ - އިލެކްޝަންސް ކޮމިޝަން

 

ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު މިކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުގެ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ 2026 މޭ 20 ގެ ކުރިންނެވެ.

 

މިކޮމިޝަނަށް ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި  ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އިންނެވެ.  އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއިން މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވާއިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ  އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ 2026 ޖޫން 4 ގައެވެ