ވޯޓުލާ މީހުންގެ ދުވަސް
ވޯޓުލާ މީހުންގެ ދުވަސް 2026

ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަހެވެ. މި ދުވަސް މިގޮތަށް ފާހަގަކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ 2015 ވަނަ އަހަރު ހއ. ހޯރަފުށީގައި ބޭއްވި "ޑިމޮކްރަސީ ހަފްތާ" ގެ ތެރެއިންނެވެ.
މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ޙައްޤުތަކާއި އިންތިޚާބީ ނިޒާމަށް މިހާރަށްވުރެ ބޮޑަށް އިތުބާރު އުފެއްދުމާއި ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަން އަންގައިދީ އިންތިޚާބުތަކާއި ޑިމޮކްރަސީއާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ވޯޓުލާ މީހުންގެ ދުވަހުގެ މިއައަހަރުގެ ޝިޢާރަކީ، "ވޯޓަކީ ޙައްޤެއް އަދި ޒިންމާއެއް!"، މި ޝިޢާރެވެ.
ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ އަސާސީ ޙައްޤަކަށްވާއިރު، އެއީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޤައުމުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ބޮޑު އަމާނާތެކެވެ. އެހެންކަމުން ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، ދީނާއި ޤައުމަށް ތެދުވެރި، ޤާބިލު މީހަކު އިޚްތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ.
ރަސްމީކޮށް ވޯޓުލާ މީހުންގެ ދުވަސް ފާއިތުވި 3 އަހަރު އެކި ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، ވޯޓުލާ މީހުން އިތުރުކުރުމަކީ މި ކޮމިޝަނުން އަބަދުވެސް ވަރަށް ބޮޑު އަޙަމިއްޔަތު ކަމެއްދީގެން ކުރާ ކަމެކެވެ. މިގޮތުން، މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން، ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަހާ ގުޅޭގޮތުން ކޮމިޝަނުގެ މެންބަރުންގެ ޚާއްޞަ ބަސްދީޤަތުންތަކާއި، ވޯޓުލާ މީހުންގެ ދުވަހުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ ޕޮޑުކާސްޓެއް މިއަދުގެ 14:30 ގައި، ޕަބްލިކް ސަރވިސް މީޑިއާ އަދި މި ކޮމިޝަނުގެ މީސްމީޑިއާ މެދުވެރިކޮށް ގެނެސްދެވޭނެއެވެ.
މި ޕޮޑުކާސްޓުގައި، ވޯޓުލާ ދުވަހެއްގެ ގޮތުގައި ވަކި ޚާއްޞަ ދުވަހެއް ފާހަގަ ކުރަނީ ކީއްވެގެންކަމާއި އެކަމުގެ މުހިންމުކަމާއި ވޯޓުލުމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯޓަކީ ކިހާމުހިންމު އެއްޗެއްކަމާއި، ވޯޓުލުމުގެ ޙައްޤާއި ޒިންމާތަކާ ގުޅޭ ބައިތައް ހިމެނިފައިވާނެއެވެ.
މީގެ އިތުރުން، މީސްމީޑީއާ މެދުވެރިކޮށް ދުވަހާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ވޯޓުލާ މީހުންގެ ދުވަހާ ގުޅޭ ތަފާސްހިސާބުތަކާއި، ވީޑިއޯ ކުލިޕްތައް ދެއްކުމަށްވެސް ހަމަޖެހިފައިވެއެވެ.