ބައި-އިލެކްޝަންސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 3 ކޮމިޓީއެއްގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފި
ފޮޓޯ- އިލެކްޝަންސް ކޮމިޝަން
ހދ.ކުރިނބި، މ.ރަތްމަންދޫ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން ބައި-އިލެކްޝަންތައް ބޭއްވުމަށް ކޮމިޝަނުން ނިންމާ މިއަދު ވަނީ އިޢުލާންކޮށްފައެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2024 ޑިސެންބަރު 14 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ، ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 ޑިސެންބަރު 16 ވާ ހޯމަ ދުވަހުއެވެ.
އިސްތިއުފާތަކާ ގުޅިގެން އިންތިޚާބު ކުރަންޖެހެނީ ހދ.ކުރިނބީ އަދި ގއ.ދެއްވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުންނާއި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 2 މެންބަރުންނެވެ.
މި ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުޞަތު 2024 އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ 10:00 އިން ފެށިގެން 2024 އޮކްޓޫބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވޭނެއެވެ.