ސިޔާސީ ޕާޓީ

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

 

އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

 

މިގޮތުން، 2024 އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ، ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އޮންލައިން ޕޯޓަލް my.elections.gov.mv "މައި ޕޯޓަލް" މެދުވެރިކޮށް ލިބޭނެއެވެ. އަދި މި ޚިދުމަތުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ، އެކަމުގެ ލިޔުންވެސް ޕޯޓަލް އިން ލިބޭނެ ކަމަށް މިކޮމިޝަނުން ވަނީ ޢާންމުކޮށް އިޢުލާނުކޮށްފައެވެ. ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތަށްއެދޭއިރު، އިތުރު އެއްވެސް ލިޔެކިއުމެއް ބޭނުމެއް ނުވާނެއެވެ.