ސިޔާސީ ޕާޓީ
އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް ހުއްދަ ދީފި
ފޮޓޯ- އިލެކްޝަންސް ކޮމިޝަން
"މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމައިފިއެވެ. އެގޮތުން، މި ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު މި ކޮމިޝަނަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.