ބައި-އިލެކްޝަންސް

33 ބައި-އިލެކްޝަނެއްގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ފޮޓޯ- އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލަކުން ހުސްވެފައިވާ މަޤާމުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ހުޅުވާލައިފިއެވެ. އެގޮތުން، 5 ލޯކަލް ކައުންސިލް މެންބަރާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ފެބުރުވަރީ މަހުގެ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާ މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] މެއިލަށެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންއަށް ހުޅުވާލާފައިވާ ރަށްތައް:

ކުރަންޖެހޭ މެންބަރުންގެ އަދަދު

ދާއިރާ

1

ހދ. އަތޮޅު ކައުންސިލްގެ ރައީސް

1

ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު

1

ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު

1

ރ. ފައިނު ކައުންސިލްގެ ރައީސް

ފ. ބިލެތްދޫ ކައުންސިލްގެ މެންބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންއަށް ހުޅުވާލާފައިވާ ރަށްތައް:

ކުރަންޖެހޭ މެންބަރުންގެ އަދަދު

ދާއިރާ

1

ހދ. ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ށ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ށ. ނޫމަރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ނ. މިލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ނ. ކުޑަފަރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ރ. ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2

ރ. އިންނަމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ރ. އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ބ. ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ބ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ބ. ފެހެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2

ބ. ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ކ. ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2

ވ. ފެލިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

މ. މުލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

މ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

2

ފ. ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ދ. ހުޅުދެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ލ. ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ތ. ބުރުނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ލ. އިސްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ގއ. ގެމަނަފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

1

ގދ. ރަތަފަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

މި ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުވަރީ 09 ވާ އާދީއްތަ ދުވަހުގައެވެ.